ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު މަދުކުރުމަށް ކަންކަމަތީގައި ބައިހަދާފައި ކޮފީބޯން ތިބޭމީހުން ޖޫރިމަނާ ކުރަންޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.



ރައްޔިތުން އިތުރަށް ޖޫރިމަނާކުރަން ތާއީދުކުރަށްވާ މޭރުމަކުން މީކާއިލް ވާހަކަ ދައްކަވާފައިވާއިރު، މިހާރު ސަރުކާރުން ކުރަމުންދާ ޖޫރިމަނާތައް އިތުރުވެގެން ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ޝަކުވާކުރަމުންނެވެ.

ކޯވިޑް ކޮންޓްރޯލްކުރުމާއި ގުޅޭގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ބަލިމަޑުކަން މިހާ ބޮޑަށް ފެތުރިގެން މިއުޅެނީ އަޅުގަނޑުމެން އެންމެންގެ އަމަލުތައް ހުރި ގޮތުންކަމަށެވެ. އެގޮތުން މުޒާހަރާތަކާއި، އިންތިހާބަށް ރަށްރަށަށް ކެމްޕެއިނަށް ދަތުރުކުރަން ދިން ހުއްދަތަކާއި، މި ނޫންވެސް ބައިވަރު ކަންކަން އެބަހުރިކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މިހާލަތުން އަރައިގަނެވޭނީ ކުށެއް ކުރެވުނުކަމަށް، ނުވަތަ ގޯސްކޮށް ކަންތައްތަކެއް ކުރެވިފައިވާކަން ޤަބޫލުކޮށްގެންކަމަށެވެ. އަދި މިއީ އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރަންވީ ވަގުތު ނޫންކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ކޯވިޑް ހުއްޓުވަން މާލޭ ތެރޭގައި ކަންކަން މަތީގައި ކޮފީ ބޯން އުޅޭ މީހުންވެސް ޖޫރިމަނާކޮށްގެންވެސް މަދުކުރަންޖެހޭކަމަށެވެ.

"ފުލުހުން އެބަޖެހޭ ވަރަށް ބޮޑަށް ސަމާލުވާން. ކަންކަންމަތީގައި ކޮފީ ބޯން އެއްވެލައިގެން ތިބޭ ތިބުން، ކާފިއު ނޯންނަ ގަޑިއެއްގައި ނަމަ އެއީ ހަމަ ހައްދެއް ނެތް މިންވަރަށް މިހާރުވެސް ހަމަ ކުރިއަށްދާ ކަންކަން. ކާފިއުއެއް ހަމައެކަނި އިއުލާންކުރުމަކުންނެއް މިކަންކަމަކަށް ހައްލެއް ނާދޭ. ސައިކަލުން ދާ މީހާ ހުއްޓުވާފައި ޖޫރިމަނާކުރާގޮތަށް، އަޅުގަނޑަށް ހަމަ ގަބޫލުކުރެވެނީ މިކުޑަކުޑަ މާލޭގައި ކަންކަން މައްޗަށް އެއްވެ ބަލި ފެތުރުމަށް އެ އަންނަ ދަނޑިވަޅު ހުއްޓުވެން އެބަޖެހޭ ދައުލަތުގެ މުއައްސަސާތަކަށް." މީކާއިލް ވިދާޅުވިއެވެ.

ކޯވިޑް ކޮންޓްރޯލްކުރުމަށްޓަކައި އަނެއްކާވެސް ރައްޔިތުންނަށް ބުރައާއި އުނދަގޫ ކުރިމަތިކުރުމަށް ތާއީދުކުރައްވާ މީކާއިލް ވާހަކަދައްކަވާފައިވާއިރު، ރާއްޖޭގައި ކޯވިޑްގެ ހާލަތު މިހާހިސާބަށް ދިއުމުގައި މަޖިލީހުގެ މެމްބަރުންގެ ދައުރުވެސް ބޮޑުކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެގޮތުން ކޯވިޑަކީ ވަރަށް އާދައިގެ ރޯގާއެއްގެ ގޮތުގައި މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ ލޮކްޑައުންކުރުމާއި ދެކޮޅަށްވެސް އެންމެ ގަދައަށް އަޑުއުފުލީ މަޖިލީހުގެ މެމްބަރުންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. މީގެއިތުރުން ހުރިހާ އޮފީސްތައް ބަންދުކުރީމާވެސް މަޖިލިސް ބަންދު ނުކޮށް ޖަލްސާތައް ބޭއްވުމާއި ކެމްޕޭން ކުރަން ރަށްރަށަށް ދާންވެގެން ސިޔާސަތުތައް ބަދަލު ކުރުންފަދަ ކަންކަމަކީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އާދަނު

28-May-2021

އަދި ކިރިޔާތަ މީ އާދައިގެ ރޯގާއެއް ނޫންކަން އެގުނީ ކޯވިޑް ކަންތަކުގަ މަޖިލިސް މެންބަރުން އަނގަތަޅާކަށް ރީޗެއްނޫން ގިނަ ފަރާއިތައް މިބަލި ސީރިއަށް ކޮށް ނުނެގީ މި މީހުންނާހެދި


4

ޚ

28-May-2021

ކޮވިޑް ކޮންޓރޯލް ނެއްޓީ މަޖލިހުން މިކަމުގެތެރެއަށް އަތްބާނަން ފެށިފަހުން. ސަމަލުކުރި ގޮތުން މިނިސްޓަރ ވަކިކޮްް ދުވެދުވެ ހުރި އޮޑީގެ ހުންގާނު ނައްޓާލުމުން. ކަންކުރަންނތކބިމީހުނަށް ބިރުދެއްކުމުން.


2

ކިނބޫ

28-May-2021

ޖޫރިމަނާއަކީ ކޮވިޑްގެ ފަރުވާތަ? މިމީހުން ނޫން ބަޔަކު ކޮފީއެއްވެސް ބޯނެ ކަމެއް ނެތް. އެލާރިކޮޅުވެސް ފެލާލައިގެން ބޯލާ! މިއޮތީވާ ކަމެއް.



ޓްރެންޑިން