ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މަސައްކަތްތަކުން އެކަހެރިކޮށްފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޮގުކޮށްފިއެވެ.

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މަސައްކަތްތަކުން އެކަހެރިކޮށްފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކޮށްފައި މިވަނީ، ހެލްތު މިިނިސްޓަރއަކީ ހައި ރިސްކު ބޭފުޅަކަށްވާތީ މަސައްކަތުން އެކަހެރިކޮށްފައިވާކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން ޚަބަރު ފެތުރުމާއި ގުޅިގެނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހެލްތު މިނިސްޓަރ ކޮންމެ ދުވަހަކުވެސް ގިނަ ވަގުތުތަކެއް އެޗްއީއޯސީގެ މަސައްކަތްތަކުގައި ހޭދަކުރައްވާކަމަށެވެ. އަދި މިވަގުތުވެސް ހުންނެވީ ދަރުބާރުގޭގައި ރަސްމީ މަސައްކަތުގައިކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ހެލްތް މިނިސްޓަރ މިވަގުތު ހުންނެވީ ދަރުބާރުގޭގައި. ކޮންމެ ދުވަހެއްގައިވެސް ގިނަ ވަގުތު ހޭދަކުރައްވަނީ އެޗް.އީ.އޯ.ސީ.ގެ މަސައްކަތްތަކުގައި." މަބްރޫކް ވިދާޅުވިއެވެ.



ހެލްތު މިނިސްޓަރ އަހުމަދު ނަސީމް މަސައްކަތްތަކުން އެކަހެރިކޮށްފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވަނީ، ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. އެގޮތުން މިދުވަސްވަރު ހެލްތު މިނިސްޓަރ އެއްގޮތަކަށްވެސް ނުފެންނަކަމަށް ބުނެ ދައްކާ ވާހަކަތަކާއި ގުޅިގެން މުހައްމަދު އިސްމާއިލް ވިދާޅުވީ، ހެލްތު މިނިސްޓަރ ނުފެންނަނީ ހައި ރިސްކު ބޭފުޅަކަށްވާތީ އެކަހެރިކޮށްފައި ހުރުމުންކަމަށެވެ.

ހެލްތު މިނިސްޓަރ ގިނަ ބަގުތު މަސައްކަތުގައި އުޅުއްވާ ކަމަށް ވިދާޅުވި ނަމަވެސް ކޯވިޑްގެ ހާލަތު މިހާބޮޑަށް ގޯސްވެ ރައްޔިތުން ކަންބޮޑުވެފައިވާއިރު ހެލްތު މިނިސްޓަރ މީޑިއާ މެދުވެރިކޮށްވެސް ރައްޔިތުންނަށް ނުފެންނާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ސަރުކާރުގެ ސިއްހީ ސިޔުާސަތު ކަނޑައެޅުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރަށްވާފައިވާ އެންމެ އިސް ވެރިޔާގެ ގޮތުގައި އަބްދުﷲ އަމީން ހުންނެވިއިރު އަމީން މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނާ ބައްދަލުކުރަށްވައި ގައުމުގެ ހާލަތާއި ސަރުކާރުގެ ސިޔާސަތު ހާމަކުރަށްވާފައިވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން