ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ. އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ބޭނުންވާ އިންތިޒާމުތައް މަޖިލީހުން މިހާރު ހަމަޖައްސަމުން އަންނަ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެެވެ. އެގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ ކޮވިޑްގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މާލޭގައި އެންމެ ފުރަތަމަ ކޮވިޑް ފެތުރެން ފެށުމާއެކުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އެހެން ނަމަވެސް ދުވަސްކޮޅަކަށް ފަހު މަޖިލީހުގެ ރައީސް ނިންމެވީ ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދާށެވެ. އެ ގޮތަށް ނިންމެވިއިރުވެސް އޮތީ ފުރަބަންދުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ނިއްމައިފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް މިއަދު ވަނީ މަޖިލީހުގެ ޖަލްސާތަށް އޮންލައިންކޮށް ބޭއްވުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން