މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް މ. ސަނީކޯސްޓް ޝަމާޢު ޝަރީފް މިއަދު ޢައްޔަންު ކޮށްފިއެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އެންމެ ފަހުން ޝަމާޢު ޝަރީފު އަދާކުރައްވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރކަމުގެ މަޤާމެވެ. މީގެ އިތުރުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، މާލެ ސިޓީގެ ކައުންސިލް މެނބަރުކަން ވެސް ޝަމާޢު ވަނީ އަދާކުރައްވާފައެވެ.

ޝަމާޢު ޝަރީފަކީ، ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ސައިކޮލޮޖީއާއި، ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޝަމާޢުއަކީ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް)ގެ ދަރިކަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން