މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި މާލެއާއި ހުޅުމާލެއާ ދެމެދު އެއްގަމު ދަތުރު ކުރުން އެޗްޕީއޭއިން މަނާ ކޮށްފިއެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ، މާލެ ސަރަހައްދު ދެ ޒޯނަކަށް ބަހާލައިގެން އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

މާލެ ސަރަހައްދު ދެ ޒޯނަކަށް ބަހާލާފައި ވާއިރު ހުޅުމާލެއަކީ އެއް ޒޯން ކަމަށާއި މާލެއާއި ވިލިމާލެއަކީ އެއްޒޯން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ފާސް އޮވެގެން ކާފިއު ނޫން ވަގުތު ޒަރޫރީ ބޭނުމަކަށް ނުކުތް ނަމަވެސް އެއްޒޯނުން އަނެއް ޒޯނަށް ނުދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ނުދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލެއަކީ އެއް ޒޯނެއް ކަމުގައި ހަމަޖައްސާފައި ވާތީ ވިލިމާލެއަށް ދޫކުރާ ފާހާއެކު މާލެއަށް ދަތުރު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރެޒިޑެންޓަލް ޕާމިޓް ދޫކުރާއިރު ދޫކުރަނީ 4 ގަޑި އިރަށެވެ. އެގޮތުން ހެނދުނު 8:00 އިން 12:00 އަށް އަދި މެންދުރު 12:00 އިން 4:00 އަށް އެޕާމިޓް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ އާ ހާއްސަ ފިޔަވަޅުތަކުގެ ދަށުން ހަވީރު 4:00 އިން ފެށިގެން ހެނދުނު 8:00 އަށް ކާފިއުގެ ގަޑި އިތުރު ކުރުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން