މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބައެއް ބިންތަކުގެ ކުލި ކުޑަ ކުރަން ނިއްމައިފިއެވެ.

މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ބިންތަކެއް އަމިއްލަ ފަރާތްތަކަށް އެކި ކަންކަމުގައި ކުއްޔަށް ދީފައިވާނެ ކަމަށެވެ. މާލޭގައި ހުރި ދެ މާރުކޭޓްގެ ގޮޅިތަކަކީ ވެސް މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ގޮޅިތަކެއް ކަން މުއިއްޒު ވިދާޅުވިއެވެ. އަދި މާލޭގެ ފަޅުތެރޭގައި ގިނަ ފައްތިޔާ ތަކެއް ވެސް ކުއްޔަށް ދީފައިވާއިރު އެ ހުރިހާ ތަނަކުން މިހާރު ކުލީގެ ގޮތުގައި ނަގަމުންދާ އަދަދުން 30 އިންސައްތަ ކުޑަ ކުރަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެެވެ.

ކުލި ތަކަށް ބަދަލު ގެނައުމަށް ނިންމީ ކޮވިޑްގެ ހާލަތުގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށްދިނުމުގެ ގޮތުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާރުކޭޓުގެ ގޮޅިތަކުގެ ސައިޒު ތަފާތު ނަމަވެސް ގޮޅިތަކަށް ނަގަނީ ކުލީގެ ގޮތުގައި އެއް އަދަދެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެއީ ހައްލުވާން ޖެހޭ މައްސަލައެއް ކަމަށެވެ. އެކަމަކު މިރޭ ކުލިން ދިން ލުއިގެ ދަށުން ގޮޅިތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ އެއް އަދަދެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން