ރާއްޖެ ތަރައްގީ ކުރުމުގައި ތިމާވެއްޓާ ރައްޓެހި މިސްރާބަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޭޝިއާ ސަރަހައްދުގެ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމުގައި ތިމާވެއްޓާ ރައްޓެހި މިސްރާބަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ރާއްޖެ ފަދަ ނާޒުކު ގައުމަކުން އަލުން އިގްތިސޯދު އާރާސްތުކުރުމުގައި ދެމެހެއްޓެނިވި ގޮތެއް އިހްތިޔާރުކުރުން މުހިންމު  ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މިގޮތުން، ރާއްޖެއިން ކްލައިމެޓް އިމަރޖަންސީ ޤާނޫނެއް އެކުލަވާލައި އެ ޤާނޫނު ތަޞްދީޤުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރަންޖެހޭ ކަމަށާއި، މިފަދަ ބަދަލުތައް ގެނެވޭނީ އެއާ ގުޅުންހުރި ޓެކްނޮލޮޖީ ގާއިމްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް ސެލްސިޔަސްގައި ބަހައްޓައިދެއްވުމަށް ބައިވެރިންނަށް ވެސް ގޮވާލައްވައިފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތަފްސީލު މި ބައްދަލުވުމުގައި  ރައީސް ވަނީ ހިއްސާކުރައްވާފައެވެ.ރާއްޖޭގެ އިގްތިސޯދު ކަނޑާއި ގުޅިފައިވާކަން ފާހަގަ ކުރައްވައި، ރައީސް ސޯލިހް ވިދާޅުވީ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް ބަދަލުވަމުންދާ މޫސުމަށް ދިރިއުޅުމުގެ ކަންތައްތައް ހޭނުމުގެ މުހިންމު ކަމަށެވެ.

ރާއްޖޭގެ އިތުރުން އެ ބައްދަލުވުމުގައި ސްރީލަންކާއާއި ބަންގްލަދޭޝް، ސިންގަޕޫރު އަދި މެލޭޝިއާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

އަބްދޫ

28-May-2021

ތަރައްގީއާއި ތިމާވެއްޓާއި ރައްޓެއްސެއްނުވާނެ. ކޮންމެ ތަރައްގިއަކުން ތިމާވެއްތަށް ގެއްލުންވާނެ. ނަމަވެސް ގެއްލުން ކުޑަކުރެވޭގޮތަށް ތަރައްގީގެ މަސްރޫއު ހިންގިދާނެ.



ޓްރެންޑިން