ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އެއްވެސް މީހަކު ކުޑައިމީސް ބަހެއް ނުބުނުމަށް އީސަ މިރޭ އެދިވަޑައިގެންފިއެވެ.

އީސަގެ ފޭސްބުކް ޕޭޖުން ކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ދަރިފުޅު ލޫތުގެ މަންމަ، އަސްރާއަށް ކުޑައިމީސް ބަހެއް އެއްވެސް މީހަކު ނުބުނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އީސައާއި ލޫތާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރެއްވި އެ ޕޯސްޓްގައި އޭނާއަށް އިތުބާރު ކުރި އެންމެންނަށް އީސަ ވަނީ ޝުކުރު އަދާކޮށްފައެވެ.

އަސްރާ ވެސް ވަނީ ދަރިފުޅު ލޫތާއެކު ނަންގަވާފައިވާ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކުރައްވާފައެވެ. އެ ޕޯސްޓްގައި އަސްރާ ވިދާޅުވީ އޭނަގެ ދަރިފުޅަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް އޭނާ ވެވަޑައިގަންނަވާނެ ކަމަށެވެ. އީސަ ގެވެށިއަނިޔާ ކުރިކަމަށް ވިދާޅުވެ އަސްރާ ފުލުހުންނަށް ހުށައެޅުއްވި މައްސަލަ ނަގައިދޭން އަސްރާ މިއަދު ވަނީ އެދިވަޑައިގެންފައެވެ. އީސަގެ މައްސަލަ ނަގައިދޭން އަސްރާ އެދިވަޑައިގެންނެވި ނަމަވެސް އެމައްސަަލައިގައި ހިމެނޭ ޖިނާއީ މައްސަލަ ދައުލަތުން ތަހުގީގު ކުރަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ. ކުރިން އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ވެސް ދެއްވައިފައެވެ.

އީސަ އަސްރާއަށް އަނިޔާކޮށް ހަދާފައިވާ ކަމަށް ބުނާ މައްސަަލަ ފުލުހުންނަށް ހުށައެޅުމާ ހިސާބުންފެށިގެން ވޭތުވެދިޔަ ތިން ހަތަރު ދުވަހެއްގައި މީޑިއާގެ ބޮޑު ސަމާލު ކަމެއް އެމައްސަލައަށް ލިބިގެން ދިޔައެވެ. އަދި މައްސަލަ މީޑިއާއިން ފެންމަތި ކުރުމާއެކު ދެން އިވެމުން ދިޔައީ އީސަ ތަހުގީގަށް ހައްޔަރު ނުކޮށްގެންނާއި އީސައަށް މަޖިލީހުންނާއި ޕާޓީން ފިޔަވަޅު ނާޅައިގެން އިވުނު އަޑުތަކެވެ. އާންމުންގެ ޕްރެޝަރާއެކު އީސަވަނީ މަޖިލީހުގައި އޭނާ މުގައްރިރުކަން އަދާކުރާ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި އީސައާމެދު ޕާޓީން ވެސް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ނަމަވެސް އީސައަށް ތުހުމަތު ކުރެވޭ މި މައްސަލަ ނެގުމަށް އޭނާގެ ކުރީގެ އަންހެނުން މިއަދު ހުށައެޅިކަން ހާމަކުރިއިރު އީސަ ހައްޔަރުކުރާން އަމުރެއް ހޯދުމަށް ޕީޖީ އެދުމުން ކޯޓުން ހުކުމް ކޮށްފައިވަނީ އީސަ ހައްުޔަރުކުރާނެ ތަނެއް ނެތް ކަމަށެވެ. ބައެއް ފަރާތްތަކުން މިކަން ސިފަކޮށްފައިވަނީ އީސަ ދޫކޮށްލާފައި ބެހެއްޓުމުން ހެއްކަށް ނުފޫޒުފޯރުވީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


22

ބބ

28-May-2021

ޑީލެއް ހަދާލީ ދޯ...ހަމަ ޔަގީނުންވެސް އެގޭކަމަކީ ކޮންމެވެސް އެކަކު ދޮގުހަދާކަން.


0

ސާނާ

28-May-2021

އަސްރާއަށް މީހަކު އެއްޗެކޭ ނުބުނޭ. އަސްރާއާއި ދަރިފުޅަށް އަނިޔާކުރި މާހަކަށް މީހުން ބަސް ބުނީ. ކުޑަކުއްޖާ9 ވަނަ ފްލޯރ އިން ވައްޓާލަން އުޅުނު ެއެކުއްޖާގެ ބައްޕައަށް



ޓްރެންޑިން