އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު ނިޔާވެ ބަލީގައި މިއަދު ނިޔާވި މީހުންގެ އަދަދު 11 އަށް އަރައިފިއެެވެ.

މިއީ ރައްޖޭގައި ކޯވިޑް ފެތުރޭން ފެށިފަހުން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި އެއް ދުވަހެވެ. މިއަދު ގިނަ މީހުން މަރުވެފައިވަނީ ހުޅުމާލެ ކޯވިޑް ފެސިލިތީގައެވެ.

އެޗްޕީއޭ އިން ބުނީ މިރޭ 10:15 ގައި ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއީ އައްޑޫ ސިޓީން ބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ. މިއަދު ހުޅުމާލޭ މެޑިކަލް ފެސިލީޓީގައި ފަރުވާ ދެމުންދިޔަ 10 މީހަކު ވަނީ ނިޔާވެފައެވެ. މި އަދަދު ތަކާއެކު ރާއްޖެއިން ބަލީގައި ނިޔާވި މީހުން އަދަދު މިހާރު ވަނީ 140 އަށް އަރާފައެވެ. މި މަހުގެ ތެރޭގައި އެކަނި ވެސް ކޮވިޑްގައި މަރުވި މީހުންގެ އަދަދު 67އަށް ވަނީ އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން