ކޮވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދެ މީހަކު ނިޔާވެ އެ ބަލީގައި މިއަދު މަރުވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 80 އަހަރުގެ ދިވެހި އަންހެނަކާއި 58 އަހަރުގެ ދިވެހި ފިރިހެނެެއް މިރޭ ނިޔާވެފައިވާ ކަމަށެވެ.

މިމަރުތަކާއެކު މި ބަލީގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 13އަށް އަރައިފަ އެވެ. އައްޑޫ ސިޓީން ވެސް މިރޭ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެފައިވާއިރު ދެން އެ ބަލީގައި މިއަދު މަރުވި ހުރިހާ މީހުންވެސް މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީންނެވެ.

މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން ރާއްޖެއިން މަރުވި ފުރަތަމަ ދުވަސް ކަން ފާހަގަކޮށްލެވެއެވެ. މި އަދަދު ތަކާއެކު ރާއްޖެއިން ބަލީގައި ނިޔާވި މީހުން އަދަދު މިހާރު ވަނީ 142 އަށް އަރާފައެވެ. މި މަހުގެ ތެރޭގައި އެކަނި ވެސް ކޮވިޑްގައި މަރުވި މީހުންގެ އަދަދު 69 އަށް ވަނީ އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން