އިންކަމް ސަޕޯޓް އެލަވަންސް ލިބޭ މީހުންގެ މައުލޫމާތު އާންމުކުރެއްވިއިރު ޒާތީ ބައެއް މައުލޫމާތުތައް އޭގައި ހިނޭތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެކަމަށް މައާފަށް އެދިވަޑައިގެންފިއެވެ.

އިންކަމް ސަޕޯޓް ލިބޭ މީހުން ކަނޑައަޅާ ގޮތާއި އެ އެލަވަންސް ދޭ މީހުންނާމެދު ބައެއް އާންމުން ސުވާލު އުފައްދަން ފެށުމުން ވަޒީފާ ގެއްލި އަދި ވަޒީފާއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ލިބޭ މީހުންގެ މައުލޫމާތު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިރޭ ވަނީ ޓުވީޓާގައި ހާމަކުރައްވާފައެެވެ.

އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުން މިނިސްޓަރު ފައްޔާޒު ފަހުން ވަނީ އެ ޓްވީޓް ޑިލީޓް ކުރައްވާފައެވެ. އަދި ކަން ކުރެވުނީ ރަނގަޅަށް ނޫންކަމަށް ވިދާޅުވެ މިނިސްޓަރު ފައްޔާޒު ވަނީ މައާފަށް އެދިވަޑައިގެންފައެވެ. މިނިސްޓަރ އާންމު ކުރެއްވީ ގެޒެޓްގައި އާންމު ކުރަށްވާފައިވާ މައުލޫމާތެއް ނަމަވެސް އޭގައި މީހުންގެ އައިޑީކާޑު ނަމްބަރު ފަދަ ޒާތީ މައުލޫމާތު ހިމެނޭ ގޮތަށް އާންމު ކުރެއްވުމުން ބައެއް މީހުން ވަނީ އެކަމާއި ވަޒީރާ ޝަކުވާ ކޮށްފައެވެ. އަދި ވަޒީރުވެސް ފަހުން ވަނީ އެކަން ކުރެއްވުނީ އެންމެ ރަނގަޅަށް ނޫންކަމުގައި ވިދާޅުވެފައެވެ.



ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސް 22،786 މީހަކަށް އެކި ފަހަރުތަކަށް ބަހާލައިގެން ދީފައިވާ ކަމަށެވެ. މިގޮތުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 418 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކޮށްފައެވެ. އިކޮނޮމިކް ރިލީފް ޕެކޭޖުގައި ހިމަނައިގެން އިންކަމް ސަޕޯޓުގެ ގޮތުގައި ސަރުކާރުން ދެނީ 5،000ރ. އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ ބައެއްގެ ވަޒީފާއަށް ވަނީ އަސަރުކޮށް އެތަށް ބަޔެއްގެ ވަޒީފާ ގެއްލި އާމްދަނީ ހޯދޭނެ މަގު ބަންދުވެފައެވެ. ރާއްޖޭގެ ބޯޑަރުއަލުން ހުޅުވާލައި ފަތުރުވެރިކަމުގެ ސިނާއަތް ކޮންމެވެސް ވަރަކަށް ހިނގައިގަތް ނަމަވެސް އެސިނާއަތުގެ ވަޒީފާ ގެއްލުނު ނުވަތަ ނޯޕޭ ލީވަށް ފޮނުވާލި ގިނަ މީހުން އަދިވެސް ތިބީ ގޭގައެވެ. މީގެއިތުރުން މުސާރަ ކުޑަކުރި ބައެއް ވިޔަފާރިތަކުން އަދި ވެސް ހަމަ މުސާރަ އިޔާދަކޮށްފައި ނުވާއިރު ބައެއް ވިޔަފާރިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ނުރަބޯ

28-May-2021

އެއީ އޮޅިގެން ވީ ކަމެއް. މުޅި ސަރުކާރު އޮތީ ހިލާލީ ހަސަނުގެ ނަނު ބޮނޑިއެކޭ އެއްގޮތަށް އޮޅުންބޮޅުން ވެފަ. ވާއެއް ނުވާއެއް ރައީސް މީހާ އަކަށް ވެސް ނޭނގޭ.



ޓްރެންޑިން