ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ގެއްލި އެތައް ބަަޔަކު ޕޮޒިޓިވްވެ ގިނަ ބަޔަކު މަރުވަމުންދާ މިވަގުތަކީ ސަރުކާރުން ގޯސްކޮށް ކުރީކޮންކަންތައްތަކެއްތޯ ބަލައި އެވާހަކަ ދައްކަންވީ ވަގުތެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

އެޗުއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިއީ ސަރުކާރުން ގޯސްކޮށް ކުރި ކަންތައްތަކާއި އެމައްސަލަ ތަކުގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށެވެ. ކޮވިޑް މިހާލަތަށް ދިޔުމާއި ސަރުކާރާއި އަދި ހުރިހާ ފަރާތްތަކުގެ ޒިންމާ މިކަމުގައި އެބައޮތް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ގައުމަށް އެންމެ ފައިދާ ހުރިގޮތަށް މަސައްކަތް ކުރާ ފަރާތްތަކުން މިހާރުވެސް ހާލަތުން އަރައިގަތުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ކަންބޮޑުވުންތަކާއި ޚިޔާލު ތަފާތުވުމާއި ރުޅިވެރިކަން ދޫކޮށްލާފައި މިހާރު މަސައްކަތް ކުރަމުންދާ ކަމަށް މަބުރޫކް ވިދާޅުވިއެެވެ.

"ބައެއް ބޭފުޅުން މިއީ ކާކުގެ މައްސަލައެއްތޯ ބެލުމުގައި މިވަގުތު ވެސް އެބަތިއްބެވި ތެދުފުޅެއް. އެހެން ނަމަވެސް ގިނަ ބޭފުޅުން މިހާރު ތިބީ މިހާލަތުން އަރައިގަތުމަށް މަސައްކަތް ފައްޓަވާފަ. އެހެން ދުވަހެއްގައި އަޅުގަނޑުމެންނަށް ދެއްކިދާނެ ކާކު ކީއްތޯ މިއަށްވުރެ ރަނގަޅަށް ކުރަންޖެހޭނީ، މިހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމާއިމެދު އެޅޭ ހުރަހަކަށް އެ ވިސްނުންވިޔަ ނުދިނުމަކީ މިވަގުތު އެންމެ މުހިންމުކަން ދޭ އެއްކަންތައް." މަބުރޫކް ވިދާޅުވިއެެވެ.

މީގެ އިތުރުން މިހާލަތަށް އައި އައުމާއި ގުޅޭގޮތުން ސިޔާސީ ފަރާތްތަކުން "ސިޔާސީ" ގޮތުން ވާހަކަ ދައްކަމުންދާއިރު، އެ ނޫންވެސް ފަރާތްތަކުން އެކިގޮތްގޮތަށް އެވާހަކަ ދައްކަމުން ގެންދާ ކަމަށް މަބުރޫކް ވިދާޅުވިއެެވެ.

މަބުރޫކް މިހެން ވިދާޅުވެފައިވާއިރު ކޮވިޑް ކޮންޓްރޯލުން ނެއްޓުނީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތައް އެއްކޮށް ދޫކޮށްލައި ނިއްމި "ސިޔާސީ" ނިއްމުންތަކުގެ ސަބަބުން މިހާލަތަށް ދިޔުމުން އެކަމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ގިނަބަޔަކު ބުނެއެވެ.

ރާއްޖޭގެ ކޮވިޑް ކޮންޓްރޯލުން ނެއްޓި ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވަމުންދާއިރު، ވޭތުވެ ދިޔަ ސައުވީސް ގަޑިއިރު އެކަނިވެސް 13 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ. ކޮވިިޑާއި ގުޅިިގެން މުޅި މާލޭ ސިޓީގައި 24 ގަޑިއިރު ކާފިއު ހިންގައި ޚާއްސަ ހުއްދައެއް ނެތި ބޭރަށް ނުކުމެ އުޅުން މަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-10

މަސްވެރިޔާ

28-May-2021

ހުރިހާ ގޯސްކަމެއްގެ ޒިންމާ ނަގަންޖެހޭނީ ރައްޔިތުން. ވޯޓްދީ ސަރުކާރު ހޮވީ ރައްޔިތުން. ސަރުކާރަށް އޮންނާނީ މެޑެލި ޖެހުން.


7

ދިވެއްސެއް

28-May-2021

މިއީ ހެދި ގޯހާ ގޯސްހެދިމީހުނާ ކޮވިޑް ވެ ނަމުގައި ޚިޔާނަތް ހިންގިމީހުނާ ގަސްދުގައި ރައްޔިތުންގެ ފުރާނަ ނުރައްކަލުގެ ތެރއަސް ވައްޓަލިމޙުންގެ މަސްއަލަ ވެސް ބަލަންވީ ވަވުތު, ސަރުކާރުގައި, އަދި ހެލްތްް ދާއިރާ ގައި ތިބި ޕާރޓީ އަސް ނިސްބާއްވާަ ނާގާބިލު އެކްތިވިސްޓުން ވަޒީފާ ޔަކުން ވަކި ކޮއް ގާބިލު ތައުލީމީ މީހުނައް އެވަޒީފާތައް ދޭންވީ ވަގުތު 4 ސްޓޭޓް މިނިސްޓަރުން, 8 ނައިބުން ލައިގެންވެސް ހެލްޠް މިނިސްޓްރީ ނުހިންގި ފެއިލްވެފަ މިވަނީ



ޓްރެންޑިން