ފ.ނިލަންދޫ
ފ.ނިލަންދޫ
ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އަށް ރަށުގައި 12 ގަޑިއިރަށް ކާފިއު ހިންގަން ނިއްމައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަން އިއުލާންކޮށްފިއެެވެ.

މާލެ ފިޔަވައި ކޮވިޑްގެ ހާލަތު މި ވަގުތު އެންމެ ގޯސްވެފައިވަނީ ފ. ފީއައްޔާއި އެ އަތޮޅު ނިލަންދުއާއި އދ. މާމިގިއްޔާއި ގއ. ދާންދޫއާއި ގދ. ތިނަދޫ އަދި ލ. ގަމުގެ އިތުރުން އައްޑު ސިޓީއާއި ފުވައްމުލަކުގަ އެވެ.



ޑިރެކްޓާ ޖެނެރަލް އޮޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމެއްގައި ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށް، އެ ރަށްތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި މަގުތަކާއި އާންމު ތަންތަނަށް މީހުން އެއްވެ އުޅުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އެކަމަކު އެ ވަގުތުތަކުގައި ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެންގުމުގައި ބުނެފައިވެއެވެ.



ކާފިއުގެ ވަގުުތުގައި މަގުމަތީގައި އުޅެން ހުއްދަ ދީފައިވަނީ، ސިފައިންނާއި ފުލުހުންނާއި ސިއްހީ އިދާރާތަކުގެ މުވައްޒަފުންނާއި އެ މީހުންގެ އުޅަނދުތަކާއި އެމްބިއުލާންސަށެވެ. އަދި އެ ރަށްތަކުގެ ޓާސްކްފޯހުގެ ފާސް ލިބިފައިވާ މީހުންނާއި އިމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަން ޖެހޭ މީހުން އެކަމުން އިސްތިސްނާ ވާނެ ކަަމަށް އެންގުމުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮވިޑްގެ ބިރުވެރިކަން އޮތުމުން މޮނިޓަރިންއަށް ލާފައިވާ ހުރިހާ ރަށެއްގައި ވެސް ކާފިއު ހިންގުމަށް މިހާރު ވަނީ ނިއްމާފައެވެ. އެ ރަށްތަކުގެ މީހުންނަށް، ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މާދަމާ އިން ފެށިގެން މާލޭ ސަރަހައްދުގައި 24 ގަޑިއިރަށް ކާފިޔު ހިންގައި ވަކި ހުުއްދައެއް ނެތި ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން