ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 8 އޮކްސިޖަން ޕްލާންޓުން ރާއްޖޭގެ ސިއްޙީ ނިޒާމަށް ބޭނުންވާ މިންވަރަށް އޮކްސިޖަން އުފެއްދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމަށް އެކަށީގެންވާ ވަރަށް އޮކްސިޖަން އުފެއްދޭނެ ގާބިލްކަން ރާއްޖޭގައި އެބަހުރި ކަމަށެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އޮކްސިޖަން ޕްލާންޓްތަކުގެ ތަފްސީލް މަބުރޫކް ވަނީ ދެއްވާފައެވެ. އެގޮތުން އައިޖީއެމްއެޗް - 1 ޕްލާންޓާއި، ޑީއެޗް-11 - 2 ޕްލާންޓާއި މޯލްޑިވްގޭސް - 3 ޕްލާންޓްގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް - 1 ޕްލާންޓް އެބަހުރި ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މީގެ ތެރެއިން ޑީއެޗް-11 ގެ އެއް ޕްލާންޓާއި، މޯލްޑިވްގޭސްގެ އެއް ޕްލާންޓް ފިޔަވައި އެހެން ހުރިހާ ޕްލާންޓްތައް މިހާރު މަސައްކަތް ކުރެއެވެ. އަންނަ ހުކުރު ދުވަހު މޯލްޑިވްގޭސްގެ ޕްލާންޓް ވެސް މަސައްކަތް ކުރަން ފަށާނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މިއީ ދުވާލަކަށް 160 ޖަމްބޯ ސިލިންޑަރ ފިލް ކުރެވޭނެ ގާބިލްކަން ހުރި ޕްލާންޓެކެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮކްސިޖަން ޕްލާންޓުން މިހާރުވެސް އެނދުތަކަށް އޮކްސިޖަން ފޯރު ކޮށްދޭ ކަމަށާއި، ފުޅިއަށް އެޅުމަށް ބޭނުންވާ ބޫސްޓަރ ޕަމްޕް މިހާރު އެ ސިޓީއަށް ފޮނުވާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މި ޕްލާންޓުން ވެސް ދުވާލަކަށް 48 ޖަމްބޯ ސިލިންޑަރ ފިލް ކުރެވެއެވެ.

އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ގާއިމުކޮށްފައިހުރި ޕްލާންޓަކީ، ދުވާލަކަށް 20 ޖަމްބޯ ސިލިންޑަރ ފިލް ކުރެވޭ ވަރުގެ ގާބިލްކަން ހުރި ޕްލާންޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މޯލްޑިވް ގޭސްގައި މިހާރު މަސައްކަތް ކުރާ ދެ ޕްލާންޓަކީ ދުވާލަކަށް 240 ޖަމްބޯ ސިލިންޑަރ ފިލް ކުރެވޭނެ ގާބިލްކަން ހުރި ޕްލާންޓެއް ކަމަށް ސަރުކާރުން ބުނެ އެެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކިނބޫ

27-May-2021

ވެންޓިލޭޓަރު އަންނަނީ އަންނަނީ އޭވެސް 6 މަސް ވަންދެން މެދުނުކެނޑި ކަލޭ ކިއެއްނު. އައިއްސިތަ މިހާރު? ކާކު ގަބޫލު ކުރަނީ ކަލޭ ދައްކާ ވާހަކަ.



ޓްރެންޑިން