ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުހެޔޮކުރުމަށްފަހު، އައު އަގުތައް މިއަދު އިއުލާންކުރަން ހަމަޖެއްސުމަށްފަހު، އެކަން ފަސްކޮށްފިއެވެ.

އިންޓަރނެޓްގެ އަގުތަކަށް އަންނަ ހެޔޮ ބަދަލުތައް މިއަދު އިއުލާންކުރާ ގޮތަށް ކުރިން ހަމަޖެހުނުނަމަވެސް، އެކަން ފަސްކުރީ ކޯވިޑްގެ ހާލަތާއި ގުޅިގެން ކަމަށް ބުނެއެވެ. އަދި އިންޓަރނެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ފަހުން އިއުލާންކުރާނެކަމަށްވެސް ނަން ހާމަކުރުމަށް ނޭދޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އިންޓަނެޓުގެ އަގު މިއަދު ހެޔޮ ކުރާނެ ކަމަށް އިއުލާންކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އިންޓަނެޓުގެ އަގު ހެޔޮކުރުމަށް މަޝްވަރާ ކުރެވި އަގުތަކެއް ކަނޑައެޅިފައިވާ ކަމަށާއި އެކަމުގައި ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. ނަމަވެސް މިހާތަނަށް އެކަން ހަގީގަތަކަށް ވެފައެއް ނުވެއެވެ. އަދި އެކަމާއި ބެހޭ ވުޒާރާވެސް މިހާރު ވަނީ އެހެން މުޒާރާއަކާއި އެއްކޮށްލައި މަސައްކަތްތައް އެތަނަށް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން