އަމިއްލަ އޮފީސްތަކަށް ވަޒީފާއަށް ކޮންމެހެން ނުކުންނަންޖެހޭ ފަރާތްތަކަށް ދެން ވަޒީފާއަށް ނުކުމެވޭނީ އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ފާހެއް ބޭނުންކޮށްގެން ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް ފިޔަވައި އަމިއްލަ އޮފީސްތަކަށް ޑިއުޓީއަށް ނުކުންނަ ފަރާތްތަކަށް މިހާރު އެ މުއައްސަސާއިން ދޫކުރަމުން އަންނަ ޑިއުޓީ ޕާމިޓު ދޫކުރުން މާދަމާ އިިން ފެށިގެން ހުއްޓައިލާނެ ކަމަށެވެ. ފުލުހުންގެ ޕާމިޓް ސެންޓަރުގެ ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް ޝިފާން ރަޝީދު މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ އިން ފެށިގެން، އަމިއްލަ އޮފީހެއްގެ މަސައްކަތަށް ކޮންމެހެން ނުކުންނަންޖެހޭނަމަ، އިކޮނޮމިކް މިނިސްޓްރީން ފާހެއް ހޯދަންޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް ސަރުކާރުގެ ކުންފުނިތަކުން ޟަރޫރީ ޚިދުމަތް ދިނުމަށް ނުކުންނަ މުވައްޒަފުންނަށް ކުންފުނީގެ ޔުނިފޯމާއެކު އޮފީސް ކާޑު ދެއްކުމުން ޑިއުޓީއަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެެވެ. އަދި ހޮސްޕިޓަލަށް ދިއުމަށާއި، ވަޒީފާއަށް ނުކުންނަ ފަރާތްތައް ގެންގޮސް ގެނެސް ހެދުމަށް ޚާއްޞަ ހުއްދައެއް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރާނެ ކަމަށް ފުލުހުން ބުނެ އެެވެ.



ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، އިކޮންމިކް މިނިސްޓްރީ އިން ހުއްދަ ނުލިބޭނަމަ އަމިއްލަ އޮފީސް ތަކަށް ނިކުންނަން ނުޖެހޭނެ ކަމަށެވެ. އެގޮތަށް އަންގާނަމަ އެމައްސަލަ ރިޕޯޓް ކުރުމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މިހާރު ކާފިއުގެ ވަގުތުވަނީ ހަވީރު 4.00 އިން ފެށިގެން ހެނދުނު 8.00 އަށް އިތުރުކޮށްފައެވެ. އަދި ކާފިއު ވަގުތު ނޫން ވަގުތުގައިވެސް ބޭރަށް ނުކުމެވޭނީ ހުއްދައެއް އޮވެގެން ކަމަށް ނިންމައި، ކޮންމެ ގޭބީސީއަކަށް ދެ ހުއްދަ ދޫކުރަން ސަރުކާރުން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން