އިންޓަރނެޓްގެ އަގަށް އަންނަ ބަދަލުތައް އަންނަ ބުރާސްފަތިދުވަހު އިއުލާންކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިންޓަރނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު އަންނަ ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު އިޢުލާނުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.



އިންޓަރނެޓްގެ އަގަށް އަންނަ ބަދަލުތައް ބުރާސްފަތިދުވަހު އިއުލާންކުރަން ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުހެޔޮކުރުމަށްފަހު، އައު އަގުތައް މިއަދު އިއުލާންކުރަން ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް، އެކަން ފަސްކުރީ ކޯވިޑްގެ ހާލަތާއި ގުޅިގެން ކަމަށް ސަރުކާރުން ބުނެއެވެ.



މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮކުރުމަށް މަޝްވަރާ ކުރެވި އަގުތަކެއް ކަނޑައެޅިފައިވާ ކަމަށާއި ޝެޑިއުލާ އެއްގޮތަށް އެކަން ކުރިއަށްދާ ކަމަށެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. ނަމަވެސް މިހާތަނަށް އެކަން ހަގީގަތަކަށް ވެފައެއް ނުވެއެވެ. އަދި އެކަމާއި ބެހޭ ވުޒާރާވެސް މިހާރު ވަނީ އެހެން މުޒާރާއަކާއި އެއްކޮށްލާ ނަސައްކަތްތައް ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ބުރާސްފަތި

28-May-2021

ތިޔަ ބުރާސްފަތި ދުވަހަކުވެސް އަންނާނެތަ?



ޓްރެންޑިން