ވެކްސިން 2 ޑޯޒް ޖެހިޔަސް ކޯވިޑް ޖެހިދާނެކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގައި މަސައްކަތްކުރައްވާ މަޝްހޫރު ޕްރޮފެސަރ އުގައިލް ވިދާޅުވީ ވެކްސިނަކީ ބަލިން ރައްކާތެރިވެ ހުރުމަށް ސައްތަ އިންސައްތައަށް ގެރެންޓީ ކޮށްދޭ އެއްޗެއް ނޫންކަމަށެވެ. އަދި ‏ކޯވިޑު-19ގެ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރިއަސް އަލުން މިބަލި ޖެހިދާނެކަމަށްވެސް އުގައިލް ވިދާޅުވިއެވެ.

އުގައިލް ވިދާޅުވީ ވެކްސިން ފުރިހަމަ ކުރިއަސް ސިއްހީ މާހިރުންގެ އިރުޝާދާއެކު ރައްކާތެރި ކަމުގެ ފިޔަވަޅުތައް ފުރިހަމައަށް އަޅަން ޖެހޭނެކަމަށެވެ.



ޕްރޮފެސަރ އުގައިލް މިހެން ވިދާޅުވެފައި މިވަނީ ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ބައެއް ފަރާތްތަކަށްވެސް ކޯވިޑް ޖެހޭކަމުގެ ޝަކުވާގެ އަޑުތައް ގަދަވެފައިވާ ދުވަސްވަރެއްގައެވެ.

ބައެއް ސިއްހީ މާހިރުން ބުނާގޮތުން ކޯވިޑް ވެކްސިންގެ 2 ޑޯޒްގެ އަސަރު ރަނގަޅަށް ކުރާނީ ޑޯޒްތައް ފުރިހަމަކުރާތާ ވަކި މުއްދަތެއްގެ ފަހުންނެވެ. އެހެންކަމުން އޭގެކުރިން ކޯވިޑް ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް 2 ޑޯޒް ޖަހާފައިވާ މީހުންނަށް ކޯވިޑް ޖެހުމުން ދިމާވާ މައްސަލަތައް މަދުވެފައި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ނިސްބަތް މަދުކޮށްދޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން