ރާއްޖެއިން ކޮވިޑް ބަލީގައި މިއަދު އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ރޭ ދަންވަރު 1:01 ހާއިރު 66 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން މިއަދު ހެނދުނު 7:40 ހާއިރު 89 އަހަރުގެ ފިރިހެނެއް ވެސް ވަނީ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި ދެ މީހުންނަކީ ވެސް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހުންނެވެ.

މިދިޔަ 24 ގަޑިއިރުތެރޭގައި ރެކޯޑް އަދަދަކަށް ކޮވިޑްގެ ބަލީގައި މީހުން ވަނީ ނިޔާވެފައެވެ. އިއްޔެ އެކަނިވެސް 13 މީހަކު ރާއްޖެއިން ވަނީ ނިޔާވެފަ އެވެ. މިމަރުތަކަކާއި އެކު ރާއްޖެއިން ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 144 ކަށް އަރާފައެވެ.

ކޯވިޑްގެ ހާލަތު ކޮންޓްރޯލުނުވެ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހަލުއިކަމާއެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައި ކޯވިޑް ފެތުރޭ ރަށްތަކުގައިވެސް އިތުރު ގަޑިތަކުގައި ކާފިއު ހިންގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަމުންދާކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން