ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން‌‎ ‌‏މިއަދު ‌‏ހުޅުއްވާލައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، އެމަގާމުގައި ހުންނެވި ހަސަން ޒިޔަތު މިމަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ.

ޒިޔަތު އިސްތިއުފާ ދެއްވީ މަޖިލީހުން އާންމުކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައި ވަނިކޮށެވެ.

އިސްތިއުފާ ދެއްވި ސިޓީގައި ޒިޔަތު ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން އެމަގާމުގައި ހުރުމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ދައުލަތަށް ކަރާމާތާއި ގަދަރަށް އުނިކަން އަންނަ ކަމެއް ކަމަށް ދެކޭތީ މަގާމުން އިސްތިއުފާދެއްވުމަށް ނިންމަވާކަމަށެވެ. އަދި ޚިޔާނާތައި ރިޝްވަތުގެ އެއްވެސް އަމަލެއްގައި ބައިވެރިވެފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖޫން 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ‌‏އަދި، މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ‌‏


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން