ޔުނިފޯމްގައި ހުރެ ވައްކަންކުރި ވެމްކޯގެ މުވައްޒަފަށް ފިޔަވަޅު އަޅައިފިއެވެ.

ވެމްކޯގެ ޔުނިފޯމްގައި ހުރެ ވައްކަންކުރަން އުޅުނު އެކުންފުނީގެ މުވައްޒަފާއިމެދު ފިޔަވަޅު އަޅާފައި މިވަނީ، ސޯޝަލް މީޑިއާގައި ފެތުރުނު ވިޑިއޯއަކާއި ގުޅިގެންނެވެ. އެވީޑިއޯއިން ފެންނަ ގޮތުން ވެމްކޯގެ ޔުނިފޯމްގައި ހުރި މީހަކާއި އިތުރު މީހަކު ވައްކަމުގައި ބައިވެރިވެއެވެ. ނަމަވެސް ވައްކަމާއި ގުޅޭ ތަފްސީލް ފުލުހުންވެސް ވެމްކޯއިންވެސް ހާމަކޮށްފައެއް ނުވެއެވެ.



ވެމްކޯއިން ބުނީ ވީޑިއޯއިން ފެންނަ މީހަކީ އެކުންފުނީގެ ވަގުތީ މުވައްޒަފެއް ކަމަށެވެ. އަދި އޭނާ މަސައްކަތުން އެކަހެރިކޮށް، މައްސަލަ ބަލަމުންދާކަމަށް ވެމްކޯއިން ބުންޏެވެ. އަދި މިމައްސަލައިގައި ފުލުހުންގެ ތަހުގީގަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެކުންފުނިން ދޭނެކަމަށްވެސް ބުނެފައި ވެއެވެ.

ވެމްކޯއިން ބުނެފައިވަނީ ވައްކަންކުރުމުގައި އުޅުނު މީހާ އެކަމުގައި އުޅުނީ ވެމްކޯގެ ޑިއުޓީ ވަގުތުގައިނޫންކަމަށެވެ. އަދި ވަގަށް ނެގި ތަކެތި ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން