ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިގޮތަށް ނިންމީ އެކޮމިޝަނުން ހުށަހެޅޮ އޭނާގެ މައްސަލައެއް ބެލުމަށްފަހުއެވެ.

ޖޭއެސްސީން ވިދާޅުވީ ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ 2 ޤަޟިއްޔާއަކުން އިސް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކު ތަނާޒުލްވެފައި ވަނީ ޝަރީޢަތް ކުރުމާބެހޭ ޤަވާއިދާއި އެ ނޫންވެސް ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި، ފަނޑިޔާރަކާއި ޙަވާލުކުރެވޭ މައްސަލައެއް ބެލުމުން ތަނާޒުލްވެވޭނެ ކަމަށް ކަނޑައަޅާފަދަ ހާލަތެއްގައި ނޫންކަމަށެވެ.

އިސް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކުގެ މި ޢަމަލަކީ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު 3.1 އާއި ޝަރީޢަތް ކުރުމާބެހޭ ޤަވާއިދާއި ޚިލާފު ޢަމަލެއްކަމަށްވެސް ޖޭއެސްސީން ނިންމާފައިއެެވެ.

މިމައްސަލައިގައި އިސް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޖޭއެސްސީން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން