އަންނަ މަހުގެ ފެން ބިލުން 30 އިންސައްތައި އަދި ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާނު ކުރަށްވައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ރައީސް ސޯލިހް ވިދާޅުވީ ކޮވިޑާއި ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ ފެން ބިލުން 30 އިންސައްތަ ޑިސްކައުންޓެއް ގޭބީސީތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ވިޔަފާރި ކުރާ ތަންތަނުގެ ފެން ބިލުން 20 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އަންނަ މަހުގެ ކަރަންޓް ބިލްތަކުން 40 އިންސައްތަ ޑިސްކައުންޓެއް ގޭބީސީތަކަށް ލިބިގެންދާނެ ކަމަށާއި، އަދި ވިޔަފާރި ތަކަށް 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ޑިސްކައުންޓް ދޭން އަދި ނިންމާފައިވަނީ އަންނަ މަހުގެ ބިލުން އެކަނި ކަމަށެވެ.

"އަޅުގަނޑުމެން މި ހުރިހާ ކަމެއް ވެސް މިކުރަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އިތުރު އެހީތައް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ކޮވިޑުން ސަލާމަަތްވުމަށްޓަކައި ދެމުން ގެންދާނަން." ރައީސް ސޯލިހް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު


15

ސްޓީލްކޯ

27-May-2021

ރަންކޮޅާ މިމަހު މިމަހު އޮތީ ބިލު 40% ބޮޑުވެފަ.. އަދި އަންނަ މަހުވެސް އެހާވަރަށް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ބުނަނީ.. އަދި ގޭގަ ތިބެންވީމާ ބިލު އިތުރަށް ބޮޑުވާނެ ނޫންބާ.. އޭތިކޮޅަށް ވާވަރުވެސް ކުޑަ ނުކޮށްލެވުނު.. އަޅެ ބިލު ހިލޭ ކޮށްލިއްޔާ މާ ރަނގަޅުވާނެ ލޯނު ދެނިއްޔޭ ކިޔައިގެން ވަކި ބަޔަކު މުއްސަނދިު ކުރާން ތިޔަ ލާރިތައް ނުތަޅާލާ