ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެންދިޔައީ އޭޕްރީލް މަހުގެ ތެރޭގައި ދިން ލުއިތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އެއްބަސްވެ ވަޑައިގެންފިއެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވީ އެޕްރީލް މަހުގެ ކުރީކޮޅު ދިން ލުއިތަކާއި ރާއްޖޭގެ ދަތުރުފަތުރަށް ލުއި ދިނުމާއި މާލޭގައި ވެސް ދިން ލުއިތަކާއި ގުޅިގެން ކަމަށެވެ. މި މަހު އެކަނި ވެސް 28،600 މީހުން ޕޮޒިޓިވްވެ 71 މީހަކު މަރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ހިސާބުތަކާ އެއްވަރަށް މި މަހު އެކަނި މީހުން މަރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ރާއްޖޭގެ ހާލަތު ގޯސްވެފައި އޮތުމުން އަނެއްކާވެސް ސިއްހީ ހިދުމަތްތެރިންނަށް ބުރަބޮޑުވެފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.



ރައީސް ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެޑްމިޓް ކުރަންޖެހޭ އަދަދު އިތުރުވަމުންދާތީ އެކަށީގެންވާ ފަރުވާ ދިނުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑުގައި އިތުރު ފިޔަވަޅުތަކެއް އަޅައި މާދަމާއިންފެށިގެން އެފިޔަވަޅުތައް ތަންފީޒުކުރަން ނިންމީ، މިހާރު އޮތް ގޯސް ހާލަތަށް ވުރެ ބޮޑުވަރުވިޔަ ނުދިނުމަށް ކަމަށެވެ. މީހުން ބޭރު ތެރޭގައި އުޅުން ކޮންޓްރޯލްކުރަން މާދަމާއިންފެށިގެން އަޅާ ފިޔަވަޅުތަކަށް ތަބާވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

"ސަރުކާރުގެ ހުރިހާ ވަސީލަތެއް މިކަމަށް ޚާއްސަކުރެވިގެންދާނެ، އަޅުގަނޑުގެ އެދުުމަކީ ތި ހުރިހާ ބޭފުޅުންވެސް އަމިއްލަ ފަރާތްތަކުން ވެސް ސަރުކާރާއެކީގައި އެއްބާރުލުން ދެއްވުމަށް މިކަމުން ސަލާމަތްވުމަށް އަތުކުރި އޮޅާލައިގެން މިކަމުގައި އެންމެން ނުކުތުން އިރާދަކުރެއްވިޔާ މިއަޅަންފަށާ ފިޔަވަޅުތަށް ރަނގަޅަށް ތަންފީޒުކުރެވިއްޖެނަމަ މާގިނަ ދުވަހެއްނުވެ އާންމު ހާލަތަށް ރުޖޫއަވުމުގެ ފުރުސަތުގެ އުއްމީދު ބޮޑުވެގެންދާނެ." ރައީސް ސޯލިހް ވިދާޅުވިއެެވެ.

ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެނީ ބަލިން ސަލާމަތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ކަަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މި ފިޔަވަޅުތަކަށް ރަނގަޅަށް ތަބާވެ ރަނގަޅަށް ތަންފީޒުވާނަމަ މާގިނަދުވަހެއް ނުވެ ބަލި ކޮންޓްރޯލް ކުރުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކަށް އެކަމުން ނުބައި އަސަރުތަކެއް ކުރާނެ ކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ. ހާއްސަކޮށް ކުދި ވިޔަފާރިތަކަށް އެކަމުގެ ސަބަބުން އަސަރުތަކެއް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިރޭ ވަނީ ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ލޯނު ދޫކުރުމަށް ނިއްމާފައިވާކަން އިއުލާންކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އައްޑޯ

27-May-2021

މަށަށް ހީވަނީ މިސޮރު މިހިރީ ވަރަށް ބޮޑަށް ބުއްދި ފިލާ ގޮސްފައި ހެން



ޓްރެންޑިން