ޑރ. ނަޒްލާ މުސްތަފާ، މިރޭގެ ޕްރެސްގައި މައުލޫމާތު ދެއްވަނީ
ޑރ. ނަޒްލާ މުސްތަފާ، މިރޭގެ ޕްރެސްގައި މައުލޫމާތު ދެއްވަނީ
ކޮވިޑާއި ގުޅިގެން އަޅާ ހަރުކަށި ފިޔަވަޅުތަކާއެކު ބައްޔަށް ޕޮޒިޓިވްވާ އަދަދު ދަށްވި ނަމަވެސް ކޮވިޑްގައި މީހުން މަރުވާ ނިސްބަތް ކުއްލިއަކަށް ދަށަކަށް ނުދާނެ ކަމަށް ޑރ. ނަޒްލާ މުސްތަފާ މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، މާދަމާއިން ފެށިގެން އަޅާ ފިޔަވަޅުތަކާއެކު ކޮވިޑް ކޭސްތަކުގެ އަދަދު ދަށްކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދަދުތަށް ދަށްވި ނަމަވެސް ބަލީގައި ނިޔާވާ މީހުންގެ އަދަދު ކުއްލިއަކަށް ދަށްނުކުރެވޭނެ ކަމަށާއި އެކަމަށް ދުވަސް ނަގާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެެވެ. އެއީ އަލަށް ބަލި ޖެހޭ މީހުން އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭނެތީއާއި އޭގެ ތެރޭގައިވެސް ފުރާނައަށް ނުރައްކާވެދާނެ މީހުން ތިބޭނެތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެެވެ.

"ނިޔާވާ ނިސްބަތް ދަށްވުމަށް އަދި ވަގުތު ނަގައިފާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ލޮކްޑައުން ފަދަ ހަރުކަށި ފިޔަވަޅުތަކާއެކު އަވަހަށް ނަންބަރުތައް ދަށްކުރެވިގެން މަރުވާ މީހުންގެ އަދަދު ވެސް ދަށްކުރެވުމުގެ ފުރުސަތު ބޮޑުވާނެކަން ޑރ. ނަޒްލާ ވަނީ ފާހަަގަކުރައްވާފައެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ އެންމެ ފަހުގެ ޕްރޮޖެކްޝަން ތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މާބޮޑު ފިޔަވަޅުތަކެއް ނާޅައި މި ވަގުތު ދޫކޮށްލައިގެން ތިބެފިނަމަ އެންމެ ޕީކްގައި ދުވާލަކު 7،000 މީހުން ޕޮޒިޓިވްވާނެ ކަމަށް އެ ޕްރޮޖެކްޝަނުން ދައްކާ ކަމަށް ނަޒްލާ ވިދާޅުވިއެެވެ. އަދި މިނިމަމް ނުވަތަ އެންމެ ކުޑަކޮށް އަޅާ ފިޔަވަޅުތަކާ އެކު ޕީކް ދަށްކުރެވޭނީ ދުވާލަކު 6،000 އަށް ކަމަށް އެ ޕްރޮޖެކްޝަނުން ލަފާކޮށްފައިވެއެވެ. މޮޑެރޭޓް ނުވަތަ މެދުމިނުގެ ފިޔަވަޅުތައް އަޅައިގެން އެންމެ ގޯސް ހާލަތުގައި އެންމެ ޕީކްގައި ޕޮޒިޓިވް ވާނީ ދުވާލަކަށް 3،000 މީހުން ކަމަށް، ޑރ. ޝީނާގެ ޕްރޮޖެކްޝަނާ ހަވާލާދެއްވައި ނަޒްލާ ވިދާޅުވި އެވެ. އަދި ލޮކްޑައުންއަކަށް ނުގޮސް ފިޔަވަޅުތައް ވަރަށް ބޮޑަށް ހަރުކަށިކޮށްގެން ޕީކްގައި 1،500 އަށް ވުރެ ދަށުގައި ހިފެހެއްޓޭނެ ކަމަށް ޑރ. ޝީނާ މޫސާގެ ޕްރޮޖެކްޝަންގައި ވަނީ ލަފާކުރައްވާފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން