ރާއްޖެއިން މިއަދު 1،004 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ އިން ބުނީ ވޭތުވެ ދިޔަ ސައުވީސް ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 1،004 މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް 835 މީހުންނާއި އަތޮޅުތެރޭ ރަށްތަކުން ޕޮޒިޓިވްވި 153 މީހުންނާއި ރިސޯޓުތަކުން 12 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 4 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ޖުމްލަ 58،345 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން 34،159 މީހުން ވަނީ ބަލިން ރަނގަޅުވެފައިވާ ކަމަަށް އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ބަލިޖެހިފައިވާ މީހުންގެ އަދަދަކީ 24،033 އެވެ.

އެޗްޕީއޭ އިން ބުނީ ޖުމްލަ 24،033 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 289 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. މިމަހުގެ މިހާތަނަށް ރާއްޖޭގައި 71 މީހަކު ކޮވިޑް ބަލީގައި ވަނީ ނިޔާވެފައެވެ. މިއާއެކު ރާއްޖޭގައި ކޮވިޑު ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ ޖުމްލަ 144 އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން