މާލެ ސިޓީގެ މަސްވެރިން މަހަށްދާން ހުއްދަ ދޫކުރަން މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން 26 މެއި 2021 އިން ފެށިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނެރުއްވާފައިވާ ޚާއްޞަ ޙާލަތާއި ގުޅިގެން މާލޭސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާތްތަކުން ހުއްދައަށް އެދުމަށް މިއަދުން ފެށިގެން ކައުންސިލްގެ ވެބުސައިޓްގައި އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް ހުޅުވާލެވިފައި ވާނެ ކަމަށެވެ.



މާލެ ސިޓީގެ މަސްވެރިން މަހަށް ނިކުތުމަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، މިދުވަސްވަރު މަސް ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި ބާޒާރުގައި މަހުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް އުފުލިފައެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމުން މަސްވެރިން މަހަށް ނިކުތުމަށްވެސް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން