ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މުޢިއްޒު މިކަމަށް ގޮވާލައްވާފައި މިވަނީ ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރު ކުރުމާއި، ފަންކާއާއި ބޮކިފަދަ ތަކެތި ހަރުކުރުން ފަދަ ތަނުގައި ދިރިއުޅެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަންޖެހެނީ ފްލެޓް ލިބޭ މީހުން އަމިއްލައަށްކަމަށް ސަރުކާރުން ނިންމާފައި ވަތީއެވެ. ސަރުކާރުން ހިޔާ ފްލެޓްތައް ދިނީ ފްލެޓްގައި ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަ ނުކޮށެވެ.

ރައީސް ޔާމިން ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތް ކުރި މި ހަތް ހާސް ފްލެޓްގެ ފިނިޝިންގ ހަދަން ކުރީގެ ސަރުކާރުން ނިންމާފައި އޮތީ ވަކި ލޯނެއް ނަގައިގެންނެވެ. މިސަރުކާރުން ވެސް އެކަން އެގޮތަށް ކުރިއަށްގެންދާން މަސައްކަތް ކުރި ނަމަވެސް ފަހުން ނިންމީ އެތަންތަން ހުރި ގޮތަށް ރަށްޔިތުންނަށް ދޭށެވެ. ފްލްޓް ދޭނެ ފަރާތްތައް ކަނޑައަޅައި ގުރުލައިގެން ލިބޭނެ ފްލެޓް ކަނޑައަޅާފައި ވީނަމަވެސް އަދި ފްލެޓްތައް ހަވާލުކުރަން ފެށިކަމެއް ހާމަކޮށްފައެއް ނުވެއެވެ.



މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިިންގއަށް ރައްޔިތުން ކުރަންޖެހޭ ޚަރަދަށް ލުޔެއް ދެއްވަންޖެހޭކަމަށެވެ. އެގޮތުން އެމީހެއްގެ ޕެންޝަން ފަންޑުގެ ފައިސާ، އެކަމަށް ބޭނުންކުރުމުގެ އިހްތިޔާރު އެ ރައްޔިތަކަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަކީ މުހިއްމުކަމެއްކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފިނިޝިންގެ މަސައްކަތްތައް ކޮންޓްރެކްޓުގައި ހިމެނިފައި ނެތް ކަމަށް އެޗްޑީސީން ބުނި ނަމަވެސް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެކަން ދޮގުކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި ޕްރޮޖެކްޓްގެ ފައިސާ ހަމަޖެހިފައިވަނީ ހުރިހާ ހަރަދެއް ހިމަނައިގެންނެވެ.

ހިޔާ މަޝްރޫޢުގެ ހައުސިންގ ޔުނިޓްތަކުގެ މަހު ކުއްޔަކީ 7،500 ރުފިޔާކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި ހައުސިންގ ޔުނިޓްތަކަށް ފައިސާ ދެއްކުމުގައި 2 ގޮތެއް އިހުތިޔާރު ކުރެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބޭނުންނަމަ ޑައުންޕޭމަންޓް ފައިސާ ކުރިއަށް ދައްކައިގެން މަހު ކުލި ދައްކާ ގޮތަށް އިހުތިޔާރު ކުރުމާއި މަހުން މަހަށް ދައްކާ ބައިގެ ތެރޭގައި ޑައުންޕޭމަންޓް ފައިސާ ހިމަނައިގެން މަހުން މަހަށް ޑައުންޕޭމަންޓް ވެސް ބަހާލައިގެން ދެއްކުމަށް އިހުތިޔާރު ކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޢަލީ ސަޢީދު

27-May-2021

ހޮޅި މުއީޒު ކައިރީބުނޭ 7އަހަރުމިނިސްޓްރީގައިހުރެނެގިފައިސާއިންފިނިޝިންމަސަތްކައްނިންމާށޭ



ޓްރެންޑިން