ކޯވިޑް 19 އަށް ފަރުވާ ހޯދަމުންދިޔަ މީހަކު އައްޑޫ ސިޓީން ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ އައްޑޫ ސިޓީން ނިޔާވީ ކޯވިޑަށް ފަރުވާދެމުންދިޔަ އުމުރުން 91 އަހަރުގެ ދިވެހި ފިފިހެނެކެވެ. އަދި އޭނާ ނިޔާވީ އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި، ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނު 10:20 ހާއިރުކަމަށެވެ. މިއީ އައްޑޫ ސިޓީން ކޯވިޑް ޖެހިގެން ނިޔާވީ 2 ވަނަ މީހާއަށްވާއިރު، މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 145 ވަނަ މީހާއެވެ.



ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 129 ދިވެހިންނާ 16 ބިދޭސީންނެވެ. މިހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މިމަހުގެ މިހާތަނަށް 82 މީހުން ވަނީ ނިޔާވެފައެވެ. އަނެއްކޮޅުން މިމަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.

އެޗްއީއޯސީން ލަފާ ކުރަނީ މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ނިޔާވާ މީހުންގެ އަދަދު މަދަށްވާކަން ފާހަގަ ކުރެވޭނީ އަދި ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން