ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާގައި ދިވެހިރާއްޖެއިން ބައިވެރިކުރުމުގެ މަސައްކަތް، އިރުމަތީ އޭޝިއާގެ ސަރަހައްދީ ޖަމްއިއްޔާ، އާސިއާންގެ ރިޔާސަތު ބަލަހައްޓާ ބްރޫނާއީއިން ފަށައިފިއެވެ.

އާސިއާން ސަރަހައްދުގެ ގައުމުތަކާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިކުރުމާމެދު އާސިއާންގެ ގައުމުތަކުން ދެން އެންމެ އަވަހަށް އޮންނަ ސަރަހައްދީ ބައްދަލުވުމުގައި އެކަމާމެދު ގޮތެއް ނިންމާނެއެވެ.

އެމިޓީ ޓްރީޓީއަކީ އާސިއާންގެ މެމްބަރު ޤައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުޢާހަދާއެކެވެ. މިމުޢާހަދާ އެކުލަވާލާފައިވަނީ އާސިއާން ޤައުމުތަކުގެ މެދުގައި ޤާއިމްކުރެވިފައިވާ ގުޅުން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ ބޭނުމުގައެވެ.

އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމަށް ފެނޭތޯ ބެލުމަށް މިދިޔަ މާޗް މަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ، 28 އެޕްރީލްގައި އޮތް މަޖިލީހުގައި ޖަލްސާގައި ނިންމައި، އެމިޓީ ޓްރީޓީގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން