މާލެ ސަރަޙައްދުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާއި ގުޅިގެން މާލެސިޓީގައި ކޮންސްޓްރަކްޝަން އަދި އެހެނިހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން އަންނަމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައިވާކަމަށެވެ. ނަމަވެސް މި މުއްދަތުގައި، ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު ގެއްލުމެއް ލިބިދާނެފަދަ ހާލަތެއްގައިވާ ސައިޓެއްނަމަ އެ ސައިޓްތަކަށް ޚާއްސަ ހުއްދައެއް ދޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.



ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދު މިއަދުންފެށިގެން ވަނީ ލޮކްޑައުންކޮށްފައެވެ. އެގޮތުން ކުރިން ހަވީރު 4:00 އިން ފަތިހު 4:00އަށް އޮތް 12 ގަޑިއިރުގެ ކާފިއު މިހާރު ވަނީ ހަވީރު 4:00 އިން ހެނދުނު 8:00އާ ހަމައަށް އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައިވެސް ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ. ނުކުމެވޭނީ ޚާއްޞަ ހުއްދައެއްގެ ދަށުން ގޭބިސީއަކަށް ދެމީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން