ރާއްޖެއަށް ދަތުރުކޮށްފައިވާ މީހުން ޕާކިސްތާނަށް އެތެރެވުން މަނާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޕާކިސްތާންގެ ކެޓަގަރީ 'ސީ'ގެ ލިސްޓުގައި ރާއްޖެ ހިމެނާފައިވާކަން ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން އަންގާފައިވާކަމަށެވެ. އަދި ކެޓަގަރީ 'ސީ'ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވުން މަނާވާނެ ކަމަށާއި، އެހެންކަމުން ރާއްޖޭގެ ޓޫރިޒަމް ފެސިލިޓީސްތަކުން މިކަމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް ޕާކިސްތާނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ޤައުމުތައް ވަނީ 3 ކެޓަގަރީއަކަށް ބަހާލާފައެވެ.

ޕާކިސްތާނުން ކަނޑައަޅާފައިވާ ގޮތުން ކެޓަގަރީ 'އޭ' ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވާ މީހުން ޕީސީއާރު ޓެސްޓު ހަދާކަށް ނުޖެހޭނެއެވެ. އަދި ކެޓަގަރީ 'ބީ'ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް އެތެރެވުމަށް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ހުށަހަޅަން ޖެހޭއިރު ކެޓަގަރީ 'ސީ' ގައި ހިމެނޭ ޤައުމުތަކުން ޕާކިސްތާނަށް މީހުން އެތެރެވުން މަނާވާނެއެވެ. އެގައުމުގެ ކެޓަގަރީ 'ސީ'ގެ ލިސްޓަށް 15 ޤައުމެއް މިހާރު ވަނީ އިތުުރުވެސް ކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުން ޕާކިސްތާނަށް އެތެރެވުން މަނާކޮށްފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ރާއްޖެއިންވެސް ވަނީ ހުއްޓާލާފައެވެ.

ރާއްޖެއަށް އެތެރެވެފައިވާ ފަރާތްތަކުން ޕާކިސްތަމަށް ދަތުރުކުރުން މަނާކޮށްފައިވާއިރު، ރާއްޖޭގައި މިހާރުވެސް ގިނަ އަދަދެއްގެ ޕާކިސްތާނު މީހުން އެނބުރި ގައުމަށް ނުދެވި ތާށިވެފައި އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން