8 މީހުންނާއެކު ދަތުރުކުރި ދޯޏްނެއް ރިސޯޓެއްގެ ނެރަށް އުރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ 8 މީހުންނާއެކު ކ. އަތޮޅުގައި އޮންނަ ހުދުރަންފުށި ރިސޯޓަށް ދަތުރުކުރި "ދިރުން" ނަމަކަށް ކިޔާ ދޯނި ހުދުރަންފުށި ރިސޯޓުގެ ނެރަށް އުރިގެން، އެ މަޢުލޫމާތު މިއަދު ހެނދުނު 10:20 ހާއިރު ލިބިފައިވާކަމަށެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.



އެމްއެންޑީއެފުން ބުނީ މި ދޯނި ނެރަށް އުރުމުން، މާލެ އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. ހާދިސާ ހިނގި ވަގުތު މި ދޯނީގައި ދިވެހިންގެ އިތުރުން ބިދޭސީންތަކެއް ވެސްތިއްބެވެ. އަދި މިހާރު ދޯނި ފުންކުރެވިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މިދުވަސް ވަރަކީ ރާއްޖޭގެ ހިސާބުތަކަށް މޫސުން ގޯސް އަދި ވިލާގަނޑުގަދަ ކަނޑު ގަދަވެގެންދާ މޫސުމަކަށްވާތީ ދަތުރު ކުރުމުގައި މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ކަމާވެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން