ކޮވިޑަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމުގެ އިތުރުން، އެކަހިރުވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ ނުކުރާގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިއްމައިފިއެެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ލިޔުމުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެ ކަމަށެވެ.

ނަމަވެސް ޕޮޒިޓިވް ވާ މީހުންގެ ބަލި ހާލަތާގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތުވާނެ ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.

އެޗްޕީއޭއިން މިފަދަ ނިންމުމެއް ނިންމައިފައިމިވަނީ ރިލީސް ޑޮކިއުމަންޓް ލަސްވެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އ.ސ.މ

27-May-2021

އަނެތްގޯސް ތިޔަ ހަދަނީ.. ބަޔަކު ލަސްބެގެން އުޅުނަސް އެން ެ ރައްކަލަކައްޓަކައި ރިލީޒް ނޯޓް އަކީ މުހިންމު ލިޔުމެއް.... މިހާރު ދެން ތިޔަވާގޮތުން ކަރަންޓީނު ލިޔުން ފޮނުވުމުގެ ބޭނުމެއް..އެލިޔުން ލިބުނަސް ގިނަފަރާތް ގަކުން އުޅެނީ ބޭރުގައި ތިޔަވީ ގޮތުން



ޓްރެންޑިން