މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭން ޕީޕީއެމްގެ ޝޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ފަށައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭން ފަށައިފައިވަނީ އެމަނިކުފާނަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ޕީޕީއެމްގެ މީޑިޔާ ގުރޫޕެއްގައެވެ. އެ ގުރޫޕްގައި "ޑރ. މުއިއްޒު 2023" އަދި "މުއިއްޒު ފޮރ ދަ ޕްރެޒިޑެންޓް" ފަދަ އެކި ޝިއާރުތައް ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާއިރު މައިގަނޑު ތީމަކަށް ބޭނުންކުރަނީ "ރައްޔިތުން އެދޭ އަމާޒަށް،" މި ތީމެވެ. އެ ތީމަކީ މާލޭގެ މޭޔަރުގެ ކެމްޕޭނަށް މުއިއްޒު ބޭނުންކުރެއްވި ތީމެވެ.

2023 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒު ވާދަކުރައްވާނެކަން ދޭހަވާގޮތަށް މުއިއްޒުގެ ރިޔާސީ ކެމްޕޭނެއް ބައެއް ފަރާތްތަކުން ފެށިނަމަވެސް މިއީ ޑރ. މުއިއްޒުގެ ބައިވެރިވެވަޑައިގަތުމެއް އޮވެގެން ކުރާކަމެއްކަން ނުވަތަ ނޫންކަންވެސް އަދި ސާފެއް ނުވެއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިވެރިކަމެއް ވެސް މިހާތަނަށް ޑރ. މުއިއްޒު ފާޅުކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް މާލޭ ސިޓީގެ މޭޔަރުކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ނެރުމަކީ ރިޔާސީ އިންތިޚާބަށް މުޢިއްޒު ނެރުމަށް ދުރާލައި ރޭވިގެން ހިންގި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޖަލުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް އަބުދު ﷲ ޔާމިން ކަމަށް ނިއްމާފައެވެ.

ޕީޕީއެމުން އެގޮތަށް ނިއްމި ނަމަވެސް ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުންދާތީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމިނަށް ލިބިވަޑައިގަތުމަކީ ވަރަށް ނާދިރުކަމެކެެވެ. ސްޕްރީމް ކޯޓުން ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްނުކުރާހާ ހިދަކު ގާނޫނީ ގޮތުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެެވެ.

ޕީޕީއެމްގެ ސޯޝަލް މީޑިއާ ގްރޫޕަކުން ޑރ. މުޢިއްޒުގެ ރިޔާސީ ކެމްޕޭން ފެށި ނަމަވެސް މިކަމާއި ޑރ. މުއިއްޒާ ގުޅުމެއް ވޭތޯ ބެލުމަށް ކުރި މަސައްކަތުން، ފޯނާއި މެސެޖަށްވެސް ޖަވާބު ނުދެއްވާތީ މުއިއްޒުގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

ޕާޓީން އެދިއްޖެނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ވެސް ވަނީ ޕީޕީއެންމެގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

އަހަންމަދާ

27-May-2021

މުއިއްޒުއަށް ތި އެޅެނީ ޅަ އެއްޗެއް އެހެނީ ޔާމީން ހުއްޓާ ޔާމީންގެ ބަހެއް ނެތި އަމިއްލަ އަމިއްލައަށް ޓެސްޓެއް ކުރަން ކަމުގައިވިޔަސް ތިޔަކަން ތިޔަކުރަނީ ގޯހުން. ފަލީހަތްވެ ބާކީ ކޮށްލާނީވެސް އެމީހުންގެ ތެރެއިން. މިހާރު ސަޕޯޓް އޮތް ހެން ހީވިޔަސް އަދި އަސްލު ސަޕޯޓެއް ނެތް. އެންޑީޕީއާ ދެކޮޅަށް ދިން ވޯޓެއްގެ ކުރި ލިބިގެން މާލޭ މޭޔަރުކަން ލިބުނަސް ރައީސް ކަން އެއީ އެހެން ކަހަލަ ކަމެއް.


-2

އަލީ އަހްމަދު

27-May-2021

މުއީޒު 2023


5

ނާ

27-May-2021

މުޢިއްޒު ހިތުން މިހާރުވެސް ރައީސަކީ އެބޭފުޅާ އެވެ• ދެން ފުރުސަތެއް ލިބިއްޖެއްޔާ ކިހާވަރެއް ހުންނާނެ!


13

ފުނަމާ

27-May-2021

ރަގަޅު ވަގެއް ވިއްޔާ ގިނަ ދިވެހިން ޚާއްސަކޮށް މާލޭ ރަށްވެހިންގެ ވޯޓުލިބޭނެ!



ޓްރެންޑިން