މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވަރަށް ބޮޑަށް ތައުރީފު ކުރަށްވައި އޭނާގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިހެން ވިދާޅުވީ ޑރ. މުއިއްޒަށް ތާއީދުކުރާ ޕީޕީއެމްގެ ބައެއް ފަރާތްތަކުން އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ޑރ. މުއިއްޒް ނުކުންނެވުމަށް ތާއީދުކޮށް އޭނާގެ ރިޔާސީ ކެމްޕޭން ފެށި ކަމަށް ބުނެ "ރަސްއޮންލައިން" ގައި ޝާއިއު ކުރި ޚަބަރެއް ހިއްސާކުރައްވަމުންނެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު، އޭނާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރައްވާލެއް ފުރިހަމަކަމުން ރައްޔިތުންގެ ތާއިދު އިދިކޮޅު ޕީޕިއެމް-ޕީއެންސީ ކޯލިޝަނަށް އިތުރުވަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރަށް ޕްރެޝަރު ބޮޑުވެގެންދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



މިޚަބަރާ ގުޅިގެން ޑރ. މުއިއްޒު ފަހުން ވިދާޅުވެފައި ވަނީ އޭނާގެ ނަމުގައި ހިންގާ ރިޔާސީ ކެމްޕޭނަކީ ބަޔަކު ހިންގާ ޕްރޮޕެގެންޑާއެއް ކަމަށެވެ.

"ސަރުކާރަށް ޕްރެޝަރު ބޮޑުވެ ބައެއް ކަންކަމުގައި މާލޭ ސިޓީ ކައުންސިލުން ފާޅުކުރާ ޚިޔާލު ތަކާއި އެއްގޮތަށް ސަރުކާރުން ކުރާތީ ހިންގާ ޕްރޮޕެގެންޑާއެއް ޕީޕީއެމް 2023ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން." އާދަމް ޝަރީފް ވިދާޅުވިއެެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ކަރަންޓާ ފެން ބިލުން ޑިސްކައުންޓެއް ދިނުމަށް މޭޔަރު ގޮވާލައްވާފައިވަނިކޮށް ސަރުކާރުން މިހާރު ވަނީ މުޅި ރާއްޖޭގެ ގޭބީސީ ތަކުގެ އަންނަ މަހުގެ ކަރަންޓާ ފެން ބިލުން ބައެއް އުނިކޮށްދިނުމަށް ނިއްމާފައެވެ.

މާލޭ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭން ފަށައިފައިވަނީ އޭނާއަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ޕީޕީއެމްގެ މީޑިޔާ ގުރޫޕެއްގައެވެ. އެ ގުރޫޕްގައި "ޑރ. މުއިއްޒު 2023" އަދި "މުއިއްޒު ފޮރ ދަ ޕްރެޒިޑެންޓް" ފަދަ އެކި ޝިއާރުތައް ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާއިރު މައިގަނޑު ތީމަކަށް ބޭނުންކުރަނީ "ރައްޔިތުން އެދޭ އަމާޒަށް،" މި ތީމެވެ. އެ ތީމަކީ މާލޭގެ މޭޔަރުގެ ކެމްޕޭނަށް މުއިއްޒު ބޭނުންކުރެއްވި ތީމެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިވެރިކަމެއް ވެސް މިހާތަނަށް ޑރ. މުއިއްޒު ފާޅުކުރައްވާފައެއް ނުވެއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން