ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފަަައި އޮތް ބަލިމީހެއްގެ ކަންކަށިމަތީ ޖަހާ އަނިޔާކުރާތަން ފެންނަ ވީޑިއޯއެއް ޝޯޝަލް މީޑިޔާގައި ލީކްކޮށްލައިފިއެވެ.

މީސް މިޑީއާގައި ވަރަށް ހަލުއިކަމާއެކު މިހާރު ދައުރުވަމުންދާ މިވިޑިއޯއަކީ ކާކު، ކޮން އިރަކު ނަގާފައިވާ ވީޑިއޯއެއް ކަމެއް ސާފެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފަަައި އޮތް ބަލިމީހެއްގެ ކަންކަށިމަތީގައި ޖަހަނީ ބޭރު މީހެކެވެ. އެ މީހާ ބަލިމީހާގެ ކަންކަށިމަތީގައި ޖެހުމުން ބަލިމީހާ ވަރަށް ބޮޑަށް ރޯ އަޑާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެ ވީޑިއޯ ޝޯޝަލް މީޑިޔާގައި އަންނަނީ ވަރަށް ބާރަށް ދައުރުވަމުންނެވެ.



ހުޅުމާލެ ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގާ މީހަކުޖަހާ މަންޒަރު ފެންނަ ވިޑިއޯ (ވިޑިއޯ ނެގީ މީސް މީޑިއާއިން)

ސަރުކާރުގެ ރަސްމީ ފަރާތްތަކުން ވަނީ މިއީ ސައްހަ ވިޑިއޯއެއްކަން "ރަސް އޮންލައިން" އަށް ކަށަވަރު ކޮށްދީފައެވެ. އަދި މިހާރު އެމައްސަލަ ބަލަމުންދާ ކަމަށް ވެސް އެފަރާތުން ބުނެފައި ވެއެވެ. އެފަރާތުން މައުލޫމާތު ދިން ގޮތުގައި ބަލިމީހާ ގައިގާ ޖަހަނީ އޭނާ ބަލަހައްޓަން ހުރި ބިދޭސީ މީހެކެވެ. އަދި ބަލި މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ދިވެއްސެއް ކަމަށް އެފަރާތުން ބުނެފައި ވެއެވެ. ބަލިމީހާ ބަލައްޓަން ހުރި ބޭރު މީހާއަކީ އާއިލާގެ ފަރާތުން ބަހައްޓާފައި ހުރި މީހެއް ކަމަށް ވެސް މި ނޫހަށް ކަށަވަރުވެފައި ވެއެވެ.

ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒްވެސް މީގެކުޑައިރުކޮޅެއް ކުރިން ވިދާޅުވީ ހުޅުމާލޭ ފެސިލިޓީގައި އޮތް ބަލި މީހަކަށް އޭނާ ބަލަހައްޓަން ހުރި މީހަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން މިހާރު އެމައްސަލަ ބަލަމުންދާ ކަމަށެވެ.



ފުލުހުން ފަހުން ބުނީ އެމައްސަލައިގައި އުމުރުން 31 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު މިހާރު ހައްޔަރުކޮށް މައްސަލަ ބަލަމުންދާ ކަމަށެވެ.

މިއީ ކޮންއިރަކު ހިނގި ހާދިސާ އެއް ކަމެއް ސާފެއް ނުވެއެވެ. ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް މީހަކަށް އަނިޔާކުރި މައްސަލަ ފެންމަތިވެފައިވާއިރު އެތަނުގައި އެޑިމިޓްކޮށްފައި ތިބޭ މީހުންނަށް އަޅާނުލުމާއި ގަޑިން ގަޑިއަށް ކާން ނުދިނުން ފަދަ ޝަކުވާތަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެތަނުގައި ސިއްހީ އެހީތެރިން މަދުކަމުން ފަރުވާ ދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ރޭ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން