މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒުގެ ނަމުގައި މިހާރު ކުރިއަށްގެންދާ ރިޔާސީ ކެމްޕޭނަކީ ބަޔަކު އޭނާގެ މަސައްކަތަށް ހުރަސް އެޅުމަށްކުރާ ކަމެއް ކަމަށް މުއިއްޒު ތުހުމަތު ކުރަށްވައިފިއެވެ.

މާލޭގެ މޭޔަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް ޑރ. މުހަންމަދު މުއިއްޒު މިހެން ވިދާޅުވީ، 2023 ވަނަ އަހަރު ޑރ. މުޢިއްޒު ރައީސް ކަމަށް ގެނައުމަށް ޕީޕީއެމްގެ ޝޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ފަށާފައިވާ ކެމްޕޭން ފެށުމާއި ގުޅިގެން އެކަމުގެ މައުލޫމާތު "ރަސްއޮންލައިން" އާ ހިއްސާ ކުރަށްވަމުންނެެވެ.

މާލޭ ސިޓީގެ ރައްޔިތުން އިންތިޚާބުކުރި ފުރަތަމަ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ މިހާރު އާންމުވެފައިވާ ރިޔާސީ ކެމްޕޭން ޕޯސްޓަރަކީ އޭނާއަށް އެނގިވަޑައިގެން ހިންގާ ކަމެއް ނޫން ކަމަށެވެ. އެއީ ކޮންމަގުސަދެއްގައި ބަޔަކު ކުރާ ކަމެއްކަން ސާފުވެވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެެވެ.



އެފަދަ ކަންކަން ކުރި ނަމަވެސް އޭނާއާ ރައްޔިތުން ހަވާލުކުރި ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ތީ ވެދާނެ މި މަގާމުގައި އަޅުގަނޑު ހުރެގެން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ގެނައުމަށް ބަޔަކު ކުރާ ކަމެއް ކަމަށްވެސް، އެހެންނަމަވެސް ތިޔަކަމަކުން، ފަތުރާ އަސްލެއް ނެތް ވާހަކަތަކުން އަޅުގަނޑުގެ މަސައްކަތްތަކަށް ބުރުލެއް ނާރާނެ،" އަށް އަހަރު ދުވަސް ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ވަނީ މުއިއްޒުގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފައެވެ. އެމަސައްކަތުގެ ސަބަބުން ޕީޕީއެމަށް ތާއިދު ބޮޑުވެ ސަރުކާރަށް ޕްރެޝަރު ބޮޑުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެން ނަމަވެސް ކެމްޕޭނަކީ ފަތުރާ ޕްރޮޕެގެންޑާ އެއް ކަމަށް ސިފަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމަށެވެ.



މި މައްސަލައިގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ވަނީ ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމަށް ވިދާޅުވެފައެވެ. އިދިކޮޅުގެ ލީޑަރޝިޕްގެ އިސްބޭފުޅުން ތަކުރާރުކޮށް އެހެން ވިދާޅުވި ނަމަވެސް ޖަލުގެ ހުކުމެއް ތަންފީޒުކުރައްވާތީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމިނަށް ލިބިވަޑައެއް ނުގަންނަވާނެއެެވެ. ރައީސް ޔާމިނަށް އިންތިޚާބުގައި ވާދަކުރެވޭނީ އެމަނިކުފާނަށް ކޮށްފައިވާ ހުކުމް ސްޕްރީމްކޯޓުން ބާތިލްކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


14

އަލީބެ

27-May-2021

ޑރ މުއީޒް2023 , ވަގުންނަށް ސަލާން


7

އަލީ އަހްމަދު

27-May-2021

މަރުހަބާ , މުއިޒު2023



ޓްރެންޑިން