އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމުން އިންޑިއާއާއި އައްޑުއާއި ދެމެދު ވިޔަފާރީގެ ގާތް ގުޅުމެއް އުފެދި ވިޔަފާރީގެ ދާއިރާއިން ކުރިއެރުންތަކެއް ލިބޭނެކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމް ވިދާޅުވީ އައްޑޫގައި އިންޑިއާގެ ކޮންސިލޭޓެއް ހުޅުވިއްޖެ ނަމަ އިންޑިއާއާއި އައްޑޫއާއި ދެމެދު ވިޔަފާރީގެ ގުޅުން ވަރުގަދަވެ، އިންޑިއާގެ އިންވެސްޓުމެންޓުތައް ވެސް އައްޑުއަށް ލިބިގެން ދާނެ ކަމަށާއި އަދި ކޮންސިއުލޭޓްގެ ސަބަބުން ވިސާގެ ފަސޭހަތަކެއްވެސް އައްޑޫ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުން އަވަސް ކުރުމަށް އަސްލަމް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

މިކަމާގުޅިގެން ރަސްއޮންލައިންއަށް މައުލޫމާތު ދެއްވަމުން މުހަންމަދު އަސްލަމް ވިދާޅުވީ، އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމްވެގެންދިޔުމަކީ މުޅި ސަރަހައްދަށް އޭގެ ފައިދާއާއި ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށެވެ. އައްޑޫ ރައްޔިތުންނަކީ ތަރައްގީއާއި ކުރިއެރުން ބޭނުންވާ ބައެއް ކަމަށާއި، އަައްޑޫއަށް އަންނަ ކުރިއެރުމަށް އައްޑޫ ރައްޔިތުން ހުރަސް ނާޅާނެ ކަމަށެވެ.

"އައްޑޫ މީހުން ދެކޭ ހުވަފެނެއް އެއީ ސީދާ އައްޑޫ އެއާޕޯޓުން ފުރައިގެން ބޭރު ކަރަކަރައަށް ދެވޭނެ އިންތިޒާމެއް ދާއިމީ ގޮތަށް ފަހިވެފައި އޮތުން. އެކަމުންވެސް ކޮންސިއުލޭޓްގެ އޮފީހުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ހަމަގައިމުވެސް އިންޑިއާއިން ސީދާދަތުރު ތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ." އަސްލަމް ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވަން އިންޑިއާގެ ކެބިނެޓުން ނިންމި ނަމަވެސް އަދި އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވަން ނިންމުމާއި ގުޅިގެން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ އެެއީ އިންޑިޔާގެ ސަރުކާރުގެ ނިއްމުމެއް ކަމަށެވެ. އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމް ކުރުމަށް އަދި ހުއްދަ ނުދޭކަމަށާއި، އެކަމާ ގުޅިގެން އިންޑިއާގެ ސަރުކާރާއި މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


6

އަބްދޫ

27-May-2021

ކޮންސިއުލޭތަކީ ވިޔަފާރި ކުރާތަނެއްނޫން ކޮންސިއުލޭޓް ހުޅުވަނީ ބޭރުގައުމުތަކުގަ ދިރިއުޅޭ އެގައުމުގެ ރައްޔިތުންނަށް ހިދުމަތްފޯރުކޮށްދިނުމަށް ރާއްޖޭގެ އމްބަސީ ނިއުދިއްލީގަ ހުންނައިރު ކޮންސިއުލޭޓެއް ޓްރިވިންޑްރަމްގަ ހުންނަނީ އިންދިޔާއަށް ބޭސްފަރުވައަށާއި އެހްނ ބޭނުންތަކަށް ޓްރިވިންޑްރަމް އަށް ގޮސްއުޅޭ ދިވެހިރައްޔިތުންނަށް ބޭނުންވާކަންކަން ކުރުމަށް. އައްޑޫ ގަ އިންޑިޔާގެ ކޮންސިއުލޭޓްގަ ބޭނުމަކަށް ވަނީއައްޑޫގަ އިންޑިޔާގެރައްޔިތުން ވަޒަންވެރިކުރުމާއި އިންޑިޔާމީހުންގެ އެހެނިހެން ބޭނުންތައް ފުއްދަދިނުން.



ޓްރެންޑިން