މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

މިހާދިސާ ހިނގަން މެދުވެރުވީ ދުއްވާފައި ދިޔަ ސައިކަލެއް، މާލޭ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެންނެވެ. ފުލުހުންގެ އިދާރާއިން ބުނީ މިހާދިސާގައި ނިޔާވެފައިވަނީ އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެމީހުންގެ ތެރެއިން އަނިޔާ ލިބުނު މީހާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ނިޔާވެފައި ވަނީ އިސްމާއިލް ޔަޒްދާން އަލީ (20އ) އެވެ. އޭނާ ނިޔާވެފައިވަނީ ލިބުނު ގެއްލުންތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ސައިކަލްގެ ފަހަތުގައި އިން މީހާއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ މިރޭ 22:00 ހާއިރު ކަމަށެވެ.

ފުލުހުން ފަހުން ބުނީ އެކްސިޑެންޓް ވުމުން ސައިކަލް ދުއްވަން އިން މީހާ އެތަނުގައި މަޑު ނުކޮށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން