މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ޒުވާނާ އެކްސިޑެންޓްވުމުން ހިނގާލާފައި އައިސް ބިންމަތީގައި އޮށޯންނަ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއް، މާލޭ ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިއަލެއްގައި ޖެހިގެން ކަމަށެވެ. ފުލުހުންގެ އިދާރާއިން ބުނީ މިހާދިސާގައި ނިޔާވެފައިވަނީ އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެމީހުންގެ ތެރެއިން އަނިޔާ ލިބުނު ޒުވާނާ ކަމަށެވެ. މިހާދިސާގައި ނިޔާވެފައި ވަނީ އިސްމާއިލް ޔަޒްދާން އަލީ (22އ) އެވެ.

ޝޯޝަލް މީޑިޔާގައި ދައުރުވާ މިއެކްސިޑެންޓެގެ ވީޑިއޯ އިން ފެންނަނީ އެކްސިޑެންޓްވުމުން ޔަޒްދާން ހިނގާލާފައި އައިސް ބިންމަތީގައި އޮށޯންނަ މަންޒަރެވެ. އޭނާ ބިންމަތީގައި އޮށޯންނަނީ އެސަރަހައްދުގައި ތިބި މީހުންގެ އެދުމުގެ މަތިންނެވެ. ޔަޒްދާން ވަރަށް ބޮޑަށް ޒަޚަމްވެފައިވާއިރު އޭނާ ވަަށާލައިގެން ގިިނަ ބަޔަކު އޭނާ ކައިރީގައި ތިއްބެވެ. ވީޑިއޯ އިން ފެންނަ ގޮތުން ނިޔާވި ޒުވާނާގެ ކަރަށް ވަނީ އެއްޗެއް ހެރިފައެވެ. ބެލެވޭގޮތުގައި ކަރަށް ހެރިފައިވަނީ ގާޑިޔަލުގެ މުއްގަޑެވެ. މަރުވި ޒުވާނާ ބިންމަތީގައި އޮށޯތިއިރު ކަރުން ލޭ އަންނަކަން ވެސް ވިޑިއޯއިން ފާހަގަ ކުރެވެއެވެ. އަދި އެތަނުން މީހަކު ޓީޝާޓް ބާލާ، ނިޔާވި ޒުވާނާގެ ކަރުން އަންނަ ލޭ މަނާކުރެވޭތޯ މަސައްކަތްކުރާ މަންޒަރުވެސް ފެނެއެވެ. ނަމަވެސް 10 ސިކުންތާއި 20 ސިކުންތާއި ދޭތެރޭގައި އެތަނުގައި ލޭގެ ކޯރެއް ވަނީ ހެދިފައެވެ.

އޭގެތެރެއިން އެކަކު ފުލުހުންނަށް ގޮވައިގެން ގެނައުމުން ހޮސްޕިޓަލަށް ނުގެންދެވި ގިނައިރުތަކެއް ވަންދެން ބިންމަތީގައި އޭނާ އޮންނަ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ. މީގެ އިތުރުން އެކްސިޑެންޓްވި ސައިކަލުގައި އިން މީހާ އެތާ ހުރި ޕާކިން ޒޯންގައި ސައިކަލު ޕާކް ކުރުމަށްފަހު އެ ސަރަހައްދުން ދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.



އެކްސިޑެންޓްގައި ޒަޚަމްވި ޔަޒްދާން ނިޔާވެފައިވަނީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމުގައި ފުލުހުން ބުނެ އެވެ. ފުލުހުން ފަހުން ބުނީ އެކްސިޑެންޓް ވުމުން ސައިކަލް ދުއްވަން އިން މީހާ އެތަނުގައި މަޑު ނުކޮށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެެވެ.

މިހާރު ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ރޯގާބަލިމަޑުކަމުގެ ސަބަބުން އާންމު ސިއްހީ ފަރުވާގެ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. އެގޮތުން މިފަދަ ކުއްލި ހާލަތްތަކުގައި ބަލި މީހުން ހޮސްޕިޓަލަށް އުފުލުމަށް ބޭނުންކުރާ އެމްބިއުލާންސް ފަދަ ވެހިކަލްގެ ޚިދުމަތަށް ވަރަށް ބޮޑަށް ބުރޫއަރައި ސަރުކާރުގެ މައި ސިއްހީ ނިޒާމު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އެގޮތުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެތައް ތަނަކުން އިތުރުވެ ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާތީ އައިޖީއެމް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުންނާ ޑޮކްޓަރުންނާއި އެހެނިހެން ވެސް ސިއްހީ ޚިދުމަތްތެރިންގެ ގިނަ ބަޔަލު ވަނީ ކޯވިޑްގެ ބަލީމީހުންގެ ޚިދުމަތަށް ބަދަލުކޮށްފައެވެ. މީގެ ސަބަބުން ސަރުކާރުގެ މައި ހޮސްޕިޓަލްގެ ބަލި މީހުންގެ ވޯޑްތައް ފުރި އެތަނުގައި ޚިދުމަތްދޭން ތިބޭ ނަރުހުން 12 ވަރަކަށް ގަޑިއިރި ޑިއުޓީ ކުރަން ޖެހުމުން ރުޅިގަދަވުމާއި ބަލި މީހުންނަށް ބަރާބަރަށް ޚިދުމަތް ނުދެވުމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

ސަރުކާރުން ވެސް ބުނެފައިވަނީ ކޯވިޑް ޖެހޭމީހުން އިތުރުވެ އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ނިސްބަތް އިތުރުވެފައިވާތީ ގިނައަދަދެއްގެ ސިއްހީ ޚިދުމަތްތެރިން އެކަމަށް ހުސްކުރާން ޖެހުމުން އާންމު ބަލިތަކުގައި ޚިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިހާލަތަކީ ރާއްޖޭގެ ސިއްހީ މާހިރުން މާކުރިން އަންދާޒާކޮށް ހިސާބުޖަހާފައިވާ ހާލަތެއް ކަމުގައި ވިޔަސް މިހާލަތަށް އެކަށީގެންވާ ވަރަށް ސިއްހީ ދާއިރާއިން ތައްޔާރުވެފައި ނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

އިރުފާން

30-May-2021

ފުލުހުންނަށް ގޮވައިގެން ގެނައުމުންވެސް އެތައް އިރުތަކެއް އޮންނަންޖެހުމަކީ ފުލުހުންގެ ނާޤާބިލިއްޔަތުކަން!


6

2018

28-May-2021

ރަސްއޮންލައިނުގެނޫސްވެރިއެއްކަމުގަވާ ޒަހީނުއްދީނުސައީދުއައް ބުނެލަންއޮތީ ނޫސްވެރިކަމަކީ ފިތުނައެއްނޫނެވެ ތިފާޑައް ނޫވެރިކަންކުރާނެކަމެއްނެތޭ މިހަބަރުގެސުރުހީ ހޮސްބިޓަލައްނުގެންދެވިކިތައްމެއިރެއް އެކަމަކުޕޮލިހުންބުނީ ހޮސްބިޓަލުގަ ޑޮކްޓަރުންފަރުވާދެނިކޮށޭމަރުވީ


6

މިހސންމަދު

28-May-2021

މިހާލަތުގާ ކޮއްމެދަރުކާރެއް އޮތަސް ވާނީމިވަރު ސަބަބަކީ ވޭތުވެދިޔަ އެއްވެސްސަރުކާރަކުން ސިއްހީނިޒާމް ހަރުދަނާކޮއްފައިނެތުމުގެސަބަބުން މިސަރުކާރައް އިގިލިދިއްކުރެވޭނެ ޖާގެއެއްނެއް.


6

ޢަލީ ސަޢީދު

28-May-2021

ކޮއްމެމީހެއްގެފަހަތުގައިޕޮލިހަކާއރމްބުލާސްއެއްބޭއްވޭނެގައުމަކީކޮބާ އެއައްވުރެތިމާގެރައްކަލައްހަދާފައިވާގަވާއިދައްހުރުމަތްތެރިވުންރަނގަޅުވާނެހެންހީވަނީ ތިމާކުރާކުށުގެސަބަބުންލިބޭގެއްލުންބޮޑުވީމަފުލުހުންގޯސް ވެރިމީހާ ގޯސް ހޮސްޕިޓަލްތައްގޯސްތިމާކުރާވިޔާނުދާއަމަލުގޯހެއްނޫން ވަރައްރަނގަޅުތިޔަލިޔުންތެރިން


-2

ސހދހދހ

28-May-2021

އެކްސިޑެންޓް ވާ މީހުން ނެގުނު ގޮތަކަށް ނަގާ ދަމާ ކޫއްތާފައި ގޮސް ކާރަކަށް ގަޅުވައިގެން ދުއްވުނު ގޮތަކަށް ދާން ހެޔޮނުވާނެ. އެ ނެގޭ ގޮތަކުން ދުނިޔޭގެ ހުރެވިދާނެ މީހާއަށް ވެސް އެ ފުރުސަތު ގެއްލިދާނެ


4

ސހދހދހ

28-May-2021

އެކްސިޑެންޓް ވާ މީހުން ނެގުނު ގޮތަކަށް ނަގާ ދަމާ ކޫއްތާފައި ގޮސް ކާރަކަށް ގަޅުވައިގެން ދުއްވުނު ގޮތަކަށް ދާން ހެޔޮނުވާނެ. އެ ނެގޭ ގޮތަކުން ދުނިޔޭގެ ހުރެވިދާނެ މީހާއަށް ވެސް އެ ފުރުސަތު ގެއްލިދާނެ


8

ފޮއްދޫ

27-May-2021

މި ނޫސްވެރިންހެ މަގުސަދަކީ ފިތުނަ އުފެއްދުން. ކޮންމެސް ސިޔާސީ ޕާޓީއަކާ ނުގުޅޭ ނޫސްވެރިއެއް ނެތް މުޅިންވެސް ކޮރަޕްޝަން. އެއްޗެއް ލިޔެދެނީވެސް ނުހައްގު ފައިސާގަނޑެއް ދަމާލާފަ. މިއޮތީވާ ރާއްޖެއެއް މިހާރު.އޮންލިއިން ނޫސްތައްވެސް ހަދައިގެން މިއުޅެނީ މިބޭނުމުގަ.ކެވުނުގޮތަކަށްކާން.މިފަދަމީހުންނަށް ހުރި ހަލާކެއްގެ ބޮނޑުކަމާއެވެ. މި ކޮމެންޓް ނުޖަހާނެކަން އެނގޭ ނަމަވެސް މިފަދަ ވާހަކަ ލިޔާ ނޫސްވެރިޔާ އަށް ފެންނާނެތާ!!


10

ނަށީދު

27-May-2021

ހަބަރު ލިބޭގޮތުގައި ސައިކަލުގައި 2މީހަކު އައި، އެތަނުން ދުއްވަން އިންމީހާ ކޮބާހޭ؟ މަނާ ގަޑީގައި މިދެމީހުން ބޭރުގައި ކީއްކުރަންހޭ،


-5

ާަަަާިާާްްއަލީސަރީފު

27-May-2021

އަހަރެެންނަށް ަަަަެަަަަަެަަަަަެަަަަަަަަަެަަަަަަަަަެަަަަަެަަަަަެަަަަަަަަވެސްެެެ ަަެ


3

ވަހިދު

27-May-2021

އަހަރެންނަށް ވެސް އެފަދަ މަންޒަރެއް ބަލަން ނުހުރެވޭނެ.



ޓްރެންޑިން