ސަރުކާރުން އިންޓަނެޓްގެ އަގުހެޔޮކުރީ އަމާބުނީތީ ފަރަށްދާ އުސޫލުންކަމަށް ބުނެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަލަށް އިއުލާންކުރި އިންޓަނެޓްގެ ސިޔާސަތަށް މަލީހު ފާޑު ވިދާޅުވެފައިވާއިރު، ސަރުކާރުން މިއަދު ވަނީ އަންނަ ޖުލައިމަހުން ފެށިގެން އަމަލުކުރާނެ އިންޓަނެޓްގެ އައު ސިޔާސަތު އިއުލާން ކޮށްފައެވެ.

ސަރުކާރުން އިއުލާންކުރި އަގުތަކަށް ފާޑު ވިދާޅުވަމުން މަލީހު ވިދާޅުވީ އިންޓަނެޓްގެ އަގުހެޔޮކުރަން މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވިތާ 2 އަހަރު ފަހުން އަގުތައް އިއުލާންކޮށްފައިވަނީ އަމާބުނީތީ ފަރަށްދާ އުސޫލުންކަމަށެވެ. އަދި ކޮންމެ އޮޕަރޭޓަރެއް އޮފާރކޮށް ހުރި ޕްލޭންތަކާއި ޕެކޭޖްތަކުގެ އަދަދުތައް މިނިސްޓަރ ޝައުނާ ދަސްކުރައްވަން ޖެހޭކަމަށްވެސް މަލީހު ވިދާޅުވިއެވެ.

"އެންމެ 3 ޕެކޭޖެއް ނޫން ކުންފުނިތަކުން އޮފަރ ކުރަނީ. މިއީތޯ ހައްގު މިންވަރު؟" މަލީހު ވިދާޅުވިއެވެ.



އިންޓަނެޓްގެ އަގު ހެޔޮކޮށް ޚިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ނުފުއްދައިގެން ގިނަ ރައްޔިތުންގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވި އެއްބޭފުޅަކީ ކުރީގެ ވަޒީރު މަލީހެވެ. މަލީހުގެ ޒިންމާތަކުގެ ތެރޭގައި އޭރު އޮތް އެމަސައްކަތް ނިންމައި ރައީސް އޮފީހަށް ފޮނުވުމުން ވެސް އިންޓަރނެޓްގެ އަގު ހެޔޮނުކޮށް ހިފެހެއްޓެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި އޭރު ހުންނެވި މިހާރުގެ ޓެކްނޮޖީ މިނިސްޓަރ ޝައުނާ ކަމަށް މަލީހު ވަނީ ތުހުމަތު ކުރަށްވާފައެވެ. އެގޮތުން ޝައުނާ ވެސް އޭރު ވިދާޅުވެފައި ވަނީ އިންޓަނެޓްގެ އަގުހެޔޮކޮށް އެވަޢުދު ފުއްދަވާނީ 2023 ގައި ކަމަށެވެ. ނަމަވެސް ޝައުނާ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިތާ މަސް ދުވަސް ނުވަނީ އިންޓަރނެޓްގެ އަގު ހެޔޮކޮށް މިވަނީ އިޢުލާން ކޮށްފައެވެ.

ސަރުކާރުން ގޭބީސީތަކުގެ އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ގެނަސްފައިވާ ބަދަލުތަކުގެ ތެރޭގައި ތިން ޕެކޭޖެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާއަށް، ތްރޮޓްލް ސްޕީޑު ދެ އެމްބީޕީއެސްގައި ދިނުމަށް ނިންމާފައިވާއިރު، 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާއަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސްގައި ލިބޭނެއެވެ. އަދި 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާއަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސްގައި ލިބޭ ޕެކެޖެއްވެސް ހަގުހެއުކުރި އައު ޕެކޭޖް ތަކުގެ ތެރޭގައި ހިމެނެއެވެ.

އިންޓަނެޓްގެ އަގުތަކަށް ގެނައި ބަދަލު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ ގޭގެއަށް ދޭ އިންޓަނެޓް ޚިދުމަތުގެ އަގަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި މި ބަދަލާއެކު މަސް ހުސްވުމުގެ ކުރިން އިންޓަނެޓް ޕެކޭޖް ހުސްވުމުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން އިންޓަނެޓްގެ އަގަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، ގޭބިސީތަކުގެ އިންޓަނެޓްގެ ހިދުމަތްތަކުގެ އަގުތައް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަގަކަށް ދަށްކުރުން ހިމެނެއެވެ. އަދި މިބަދަލާއެކު ގޭބިސީ ތަކުގެ އިންޓަރނެޓް ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް 2 ގުނައާއި 5 ގުނައަށް މަތިވެގެންދާނެއެވެ. އަދި އެންމެ ކުޑަ ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން 300 ރުފިޔާއަށްވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ސަރުކާރުން އިޢުލާންކޮށްފައިވާ ގޮތުން މޮބައިލް ބްރޯޑްބޭންޑް އިންޓަރނެޓްގެ އަގަށް ބަދަލު އަންނާނީ 1 އޮކްޓޫބަރުން ފެށިގެންނެވެ. ސަރުކާރުން ބުނީ އެޚިދުމަތަށްވެސް އެކަށީގެންވާ ބަދަލުތަކެއް އަންނާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


3

ީއިންސަަފު

27-May-2021

ކަލޯ ކަލެއަށް އެވަރުވެސް ނުވި.


4

ކުނބުރުގެ ހަސަނު

27-May-2021

ތީ ހައްތާވެސް ރަށްޔިތުން ގުނބޮ ހައްދަނީ


1

ކުނބުރުގެ ހަސަނު

27-May-2021

ތީ ހައްތާވެސް ރަށްޔިތުން ގުނބޮ ހައްދަނީ


5

ޢަލީއިދުރީސް

27-May-2021

މިހާރު ހުވަފެނުގަ ވެސް މަލީހަށްފެންނަނީ މިނިސްޓްރީ. މީހަކު ވަޒީރުކަމަށް ދަހިވާނީ މިވަރަށް. އެހެންމީހުންވެސް ވަޒީރުކަމުން ވަކިކުރޭ. އެކަމު މިހެން ތެޅިއެއްނޫޅޭ.


21

ޑިމޮކްރަސީ

27-May-2021

ޚޮބާތޯ ކުބްފުނިތަކާ އޮފީސްތަކުގަ ބޭނުންކުރާ ޕެކޭޖްތައް އެކޮންތާކަށްލީ