ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އެޑްވައިޒަރ ނުވަތަ މުޝީރުގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

ފިނޭންސް މިިނިސްޓްރީން ބުނީ ފިނޭންސް މިނިސްޓަރގެ އެޑްވައިޒަރގެ މަޤާމަށް އައްޔަންކޮށްފައިވަނީ ބައިނަލްއަޤްވާމީ މާލީ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ޝަންތާ ދެވަރަންޖަން ނަމަކަށް ކިޔާ ބޭފުޅެއް ކަމަށެވެ.

ދެވަރަންޖަންއަކީ އިންޓަރނޭޝަނަލް މަނިޓަރި ފަންޑުގެ ޗީފް އިކޮނޮމިސްޓްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.



ފިނޭންސް މިނިސްޓަރގެ އެޑްވައިޒަރގެ މަޤާމަށް ދެވަރަންޖަން އައްޔަންކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާގެ މުސާރައެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.

ދެވަރަންޖަންއަކީ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން އިކޮނޮމިކްސްއިން ޕީއެޗްޑީއެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ދެވަރަންޖަން އެޑްވައިޒަރަކަށް އައްޔަންކުރެއްވުމުން ފިނޭންސް މިނިސްޓަރ އަމީރު ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އަދި ކޯވިޑަށްފަހު އިޤްތިޞާދު އަލުން އާރާސްތުކުރުމަށް ކުރާ މަސައްކަތުގައި ދެވަރަންޖަންގެ އެހީ ވަރަށް ބޮޑަށް ބޭނުންތެރިވާނޭކަމަށް އަމީރު ވިދާޅުވިއެވެ.

މިސަރުކާރުގެ މަތީ މަގާމުތަކަށް ބިދޭސީން އައްޔަނު ކުރާތީ ގިނަބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން ރައީސް އޮފީހާއި ޕެންޝަން އޮފީހާއި އެމްއޭސީއެލް ފަދަ ތަންތަނުގައިވެސް އިސްވެރިންގެ ގޮތުގައި ބިދޭސީން ތިބިކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ޙުސޭނ

28-May-2021

ދިވެހިސަރުކާރައް ދިވެހިންގެ ތެރޭތިބި ގާބިލް ބޭފުޅުން ނުފެންނަކަމީ ދެރަކަމެއް.