ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް .
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް .
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރުމަކީ ރަނގަޅުކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާތީ އެކަމަށް ތާއީދުކުރައްވައި ކުރަށްވާފައިވާ ޓްވީޓެއްގައެވެ. މިގޮތުން އިންޑިޔާގެ ޓްރިވެންޑްރަމްގައިވެސް ދިވެހި ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރެވިފައިވާއިރު، ރާއްޖޭގައިވެސް މިކަން ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އަދި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރެވިގެން ދިއުމަކުން، އައްޑޫ ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ނެތްކަމަވެސް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

"އިންޑިޔާގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރެވިފައިވާއިރު، އައްޑޫ ސިޓީގައި އަޅުގަނޑުމެންގެ އެންމެ ގާތް އަވަށްޓެރި ގައުމުގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރުމަށް މަރުހަބާކިޔޭނެ. އަދި އަހަރެން ގަބޫލެއް ނުކުރަން މިކަމަށް މަރުހަބާ ކިޔައިގެން އަހަރުމެން އައްޑޫ ރައްޔިތުންގެ އަތުން އެއްޗެއް ގެއްލިގެން ދާނެހެނެއް." ޝަރީފް ވިދާޅުވިއެވެ.



މީގެއިތުރުން އެހެން ގައުމުތަކެކޭވެސް އެއްފަދައިން އެކުވެރި ގައުމުތަކުގެ އެމްބަސީތަކާއި ކޮންސިއުލޭޓް އޮފީސްތައް ރާއްޖޭގައިވެސް ގާއިމުކުރެވިފައިވާއިރު، ރާއްޖޭގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރެވެން ވާނެކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

"އެކި ގައުމުތަކުގައި އެކުވެރި ގައުމުތަކުގެ އެމްބަސީތަކާއި ކޮންސިއުލޭޓް އޮފީސްތައް ގާއިމުކުރެވިފައިވޭ. އިންޑިއާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނަށް އެހީވުމުގެގޮތުން، ރާއްޖޭގެ ހައިކޮމިޝަނެއް އިންޑިއާގެ ނިއުދިއްލީގައި ގާއިމުކުރެވިފައިވާއިރު، އިންޑިޔާގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރެވިފައިވޭ. އަދި މިފަދައިން ރާއްޖޭގައިވެސް ކަންކުރެވޭނެ. އަޅުގަނޑު ގަބޫލު ކުރަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އެއް ގާއިމުކުރުމަކީ ރަނގަޅުކަމެއްކަމަށް." ޝަރީފް ވިދާޅުވިއެވެ.



އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާއިރު، އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރުމާއި ބެހޭގޮތުން އެކިގޮތްތަށް އަންނަނީ ބަހުސްކުރެވެމުންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ޕްރެސްކޮންފަރެންސްގައި މިކަމާބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމަވާފައިނުވާކަމަށެވެ.

"އަޅުގަނޑަށް އަދި މިހާތަނަށް ބުނެވެން އޮތީ އެއީ އިންޑިއާ ސަރުކާރުގެ ނިންމުމެކޭ. އިންޑިއާ ސަރުކާރުން އެނިންމުން އަޅުގަނޑުމެންނާ ހިއްސާކުރާނެ. އަދި ދެގައުމުގެ ދޭތެރޭގައި އޮންނަ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއްފަރާތުން އަނެއްފަރާތަށް އެދޭއެދުންތައް ފުރިހަމަ ކުރުމަށް ދެފަރާތުން ދެކެވެންޖެހޭ ވާހަކަތައް ދެކެވޭނެ. އަޅުގަނޑުމެން އޭގައި އަދި ވަކި ޑިޒިޝަނެއް ނުނަގަން." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ނަޖީހް

28-May-2021

މިސޮރު ކިހާވަރެއް ނެގިބާ. ދެންހުރި އަނގަގޮއްވި 20 މިލިއަންވަރު ނެގި ކަމަށް ވަނީ



ޓްރެންޑިން