މުހަންމަދު ޝިފާޒް
މުހަންމަދު ޝިފާޒް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ދިން ހަމަލާއަށްފަހު ހިނގައިދިޔަ މަރުތަކަށް ވެސް ތަހުގީގުގައި ބަލަން ޖެހޭނެ ކަމަށް އެމްޑީޕީގެ ނާއިބް ރައީސްް މުހަންމަދު ޝިފާޒް ވިދާޅުވެއްޖެއެެވެ.

މިރޭ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނާއިބް ރައީސްް މުހަންމަދު ޝިފާޒް ވިދާޅުވީ، ރައީސް މުހަންމަދު ނަޝީދަށް ދިން ހަމަލާ އަށްފަހު އިތުރު މަރުތަކެއް ހިގައިފި ކަމަށާއި، އެ މަރުތަކާއި އެހަމަލާ އާއި ގުޅުމެއްވޭތޯ ތަހުގީގުގެ ތެރެއިން ބަލަންޖެހޭ ކަމަށެވެ. ރައީސް މުހައްމަދު ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި ވަށާޖެހޭ އެފަދަ އެންމެހާ ކަންކަން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވި ދުވަހުން ފެށިގެން އެމަނިކުފާނަށާއި އެމްޑީޕީއަށް ނިސްބަތްކޮށް އެކި ވާހަކަތައް ދައްކާފައިވާ މީހުން ތިބި ކަމަށް ޝިފާޒް ވިދާޅުވިއެވެ. އެހެންކަމުން އެކަންތައްތަކަށް ވެސް ރިއާޔަތް ކުރެވެން ޖެހޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް އެމްޑީޕީން ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ހަމަލާގެ ތަހުގީގުގެ މައުލޫމާތު ސީދާ ރައީސް ނަޝީދާއި ހިއްސާކުރުމަށް މިއަދު ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުގެ އަރިހުން އެމްޑީޕީން އެދިފައިވާ ކަމަށާއި އަދި އެކަމަށް ސީޕީ އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް މަޖިލީހުން ހަދާފައިވާ އިންކްއަރީވެސް އެމައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ތަހުގީގު އެކަށީގެންވާ ގޮތެއްގައި ރަނގަޅަށް ކުރިއަށްނުދާނަމަ އެކަން ރައްޔިތުންނަށް ހާމަކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ފާތުމަ

28-May-2021

އެއީ ތެދެއް 6 މެއި 2021އަށް ފަހު އާދަޔާ ޚިލާފަށް ހުޅުމާލެ ފެސިލިޓީ އާއި އަތޮޅުތަކުގައި މީހުން މަރުވީ ކީއްވެތޯ ކޮންމެހެންވެސް ބަލަން ޖެހޭނެ. އޭގެ ފަހުގައި 50އަށް ވުރެގިނަ މަރު ހިނގާފައިވާ ކަމަށް ނޫސްތަކުން ފެނޭ!!!



ޓްރެންޑިން