މާވަށު "ރިސޯޓް ބޯއީސް" ގެ ފަރާތުން މާވަށު ސިއްހީ މަރުކަޒަށް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފިއެވެ.

މާވަށު "ރިސޯޓް ބޯއީސްގެ" ފަރާތުން މާވަށު ސިއްހީ މަރުކަޒަށް ހަދިޔާ ކޮށްފައިވަނީ 1400 ޓެސްޓް ކިިޓެވެ. ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގެ އެހީތެރިކަމާއެކު ހަދިޔާ ކުރި މި ޓެސްޓް ކިޓްތަކަކީ މާވަށު ރިސޯޓް ބޯއީސްގެ އަމިއްލަ ޚަރަދުގައި ހަދިޔާކުރި ޓެސްޓް ކިޓްތަކެކެވެ.



"ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން މާވަށު ރިސޯޓް ބޯއީސްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ މިއެހީއަކީ ކޮވިޑާއި ގުޅިގެން މާވަށު ސިއްހީ މަރުކަޒުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާ ކުރި ޓެސްޓް ކިޓްތަކެއް ކަމަށެވެ. މިޓެސްޓް ކިޓް ތަކުގެ ސަބަބުން ކޮވިޑަށް ޓެސްޓް ހެދުމަށް ފަސޭހަތަކެެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް މާވަށު ރިސޯޓް ބޯއީސް ބުނެ އެެވެ.

"އަޅުގަނޑުމެން މިހާރު ހެލްތް ސެންޓަރާއި ވާހަކަ ދައްކާފައިވާނީ، މާވަށު ވޯސްޓް ކޭސް އަކަށް ކޮވިޑްގެ ހާލަތު ގޮސްފިނަމަ އެކަމަށް އެންމެ ބޭނުންވާ ތަކެތީގެ މައުލޫމާތު ހޯދާ އެތަކެތި ހޯދުމުގެ މަސައްކަތް ވެސް މާވަށު ރިސޯޓް ބޯއީސް ފަށާފައިވާ ކަމަށް އަންގާފަ." މާވަށު ރިސޯޓް ބޯއީސްގެ ފަރާތުން "ރަސްއޮންލައިން" އަށް މައުލޫމާތު ދީފައިވެއެވެ.





މާވަށަށް ދިމާވާ މިފަދަ ކޮންމެ ބޮޑު ކަމެއްގައިވެސް ރިސޯޓް ބޯއީސްގެ ފަރާތުން އަންނަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ލ. މާވަށަކީ ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާ ރަށެކެވެ. މާވަށުން ޕޮޒިޓިވް ކޭސްތަކެއް ފުރަތަމަ ފެނިފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުގައެވެ. އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު 171 އަށް އަރާފައިވާއިރު، މިއަދު އެކަނިވެސް 32 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. ވޭތުވެ ދިޔަ ސައުވީސް ގަޑިއިރު ތެރޭގައި 28 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ. އެންމެފަހުން މިރޭ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެރަށުގައި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 141 އަކަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން