ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
އިންޑިއާގެ ކޮންސުލޭޓް އޮފީސް ފޭދޫގައި ހުޅުވައި ދިނުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެދިވަޑައިގެންފިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އިންޑިޔާ އަކީ ޒަމާންވީ އެކުވެރިއެއް ކަމަށާއި އެހީތެރިކަމަށް އެދޭ ކޮންމެ ހާލަތެއްގައި އެންމެ ގާތުން އެހީވާ އަވަށްޓެރިޔާ ކަމަށެވެ. އަދި އިންޑިއާ ގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫ ސިޓީގައި ހުޅުވިގެން ދިއުން ވާނީ ދެކުނުގެ ހުރިހާ ރައްޔިތުންނަށް ލިބިގެން ދާނޭ ވަރަށްބޮޑު ފަސޭހަ އަކަށް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ އެ އޮފީސް ފޭދޫ ގައި ހުޅުވައި ދިނުމަށް! ފޭދޫ އަކީ އެއަރޕޯރޓާއި އިންވެގެން އޮތް އަވަށް ކަމުން އެ އަވަށަކީ މިކަމަށް އެންމެ ރަނގަޅު އަވަށް." ނިހާދު ވިދާޅުވިއެެވެ.

އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމްކުރުމާއިމެދު ރައްޔިތުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެކަމާއި ދެކޮޅަށް އައްޑޫ ޑިވްލޮޕްމަންޓް ކޮމެޓީއާއި ބައެއް ޒުވާނުން ވަނީ ތެދުވެފަައެވެ. އެއީ އައްޑޫ އަޅުވެތި ކުރުމަށް ހުޅުވޭ ދޮރެއް ކަމަށް އެފަރާތްތަކުންދަނީ ބުނަމުންނެވެ. އެހެންނަމަވެސް އެކަމަށް ތާއިދުކުރާ ފަރާތްތަކުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެ އޮފީސް ގާއިމު ކުރުމަކީ ދެކުނުގެ ރަށްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރުމަށް އެގައުމުގެ ސަރުކާރުން ނިއްމި ނަމަވެސް ދިވެހި ސަރުކާރުން އެކަމާ ބެހޭގޮތުން އަދި ވަކިގޮތެއް ނިއްމާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން