ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު 2 މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މި ދެމީހުންގެ ތެރެއިން ފުރަތަމަ މީހާ ނިޔާވީ ރޭ މެންދަމުން އަލިވެ 2:15 ހާއިރުކަމަށެވެ. އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ނިޔާވި މި މީހާއަކީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެެއްކަމަށެވެ.

މީގެއިތުރުން މިއަދު ހެނދުނުވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ވަނީ ނިޔާވެފައެވެ. އެއީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 5:55 ހާއިރުކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދުގެ 2 މަރާއެކު ކޯވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 153 އަށް އަރާފައެވެ. އިއްޔެވެސް ރާއްޖެއިން ވަނީ 3 މީހަކު ނިޔާވެފައެވެ. އަދި މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 81 އަށް އަރާފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއިން މިހާތަނަށް 153 މީހުން މަރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް 116 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން