ކޯވިޑް ބަލީގައި އިތުރު ދިއްވެއްސަކު ނިޔާވެ ކޯވިޑް ޖެހިގެން މިއަދު ނިޔާވި މީހުންގެ އަދަދު 3 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 10:53 ހާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 69 އަހަރުގެ އަންހެނަކު ނިޔާވެފައިވާކަމަށެވެ.



މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި 3 ވަަނަ މީހާއެވެ. އަދި މިމަހު އެ ބަލީގައި ރާއްޖެއިން ނިޔާވި 82 ވަނަ މީހާގެ އިތުރުން، މިއަހަރުގެ 117 ވަނަ މަރެވެ. މި މަރާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 154 އަށް އަރާފައެވެ. އަދި މިމަހުގެ މިހާތަނަށް ރާއްޖެއިން 30000 އަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން