ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނަން މަސައްކަތް ކުރެވުނީތީ މިހާރު އެކަމާއި ހިތާމަ ކުރަށްވާ ކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު އުސްތާޒު މުހައްމަދު ވަހީދު އިބުރާހިމް، ވައްޑެ ވިދާޅުވެއްޖެއެވެ.

ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް މިހެން ވިދާޅުވީ ދަޢުލަތުގެ އިސް ބޮޑެތި މަގާމުތަކަށް ބޭރު މީހުން އައްޔަން ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. ވައްޑެ ވަނީ ރައީސް ސޯލިހްގެ އިސްތިއުފާއަށްވެސް ގޮވާލައްވާފައެވެ.

މީގެ އިތުރުން ލޯޔަރު ވަހީދުގެ ޓްވީޓުގައި ވަނީ، ރައީސްގެ މައްޗަށް ރައީސަށް ވުރެ ބޮޑު މުސާރަ ދީފައި ބޭރު ގައުމެއްގެ ރައީސްކަން ކުރައްވާފައިވާ ތަޖުރިބާކާރަކު ނުލައްވާނަންތޯ ވިދާޅުވެ ރައީސް ސޯލިހާ ސުވާލު ކުރައްވާފައެވެ.

ވައްޑެ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު އިދިކޮޅު ފަރާތްތަކާ ގުޅިގެން އޭރުގެ ސަރުކާރާއި ދެކޮޅަށް ނުކުމެވަޑައިގެން މިސަރުކާރު ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ ރައީސް ޔާމިން ސަރުކާރާއި ދެކޮޅަށް ނުކުތް ޕީޕީއެމްގެ 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މެމްބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން